ދުނިޔެ

އޮސްޓްރޭލިއާގައި ކާރަކުން ޖައްސައި 19 މީހުން ޒަހަމްކޮށްލައިފި

އޮސްޓްރޭލިއާގެ މެލްބަންގެ ބައިބޯ މަގެއްގައި މީހަކު ގަސްދުގައި ކާރަކުން ޖެއްސުމުގެ ސަބަބުން 19 މީހުންް ޒަހަމްވެއްޖެއެވެ.

ސިޑްނީ މޯނިން ހެރަލްޑް ނޫހުން ބުނީ މެލްބަންގެ އެލިޒަބަތު އެންޑް ފްލިންޑާސް ނަމަކަށް ކިޔާ ރަށުގައި ހިނގި އެހާދިސާގައި ޒަހަމްވީ 13 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށާފައިވާ ކަމަށާއި ހާދިސާ ހިނގި ތަނުގައި އެހެން މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ބުނީ އެހާދިސާގައި ޕްރީސްކޫލަށްދާ އުމުރުގެ ކުޑަ ކުއްޖަކުވެސް ޒަހަމްވި ކަމަށެވެ.

މީހުންގެ ގައިގައި ކާރުން ޖެއްސި ޑްރައިވަރާއި އިތުރު މީހަކު އޮސްޓްރޭލިއާ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެހާދިސާއާ ބެހޭ މާބޮޑު ތަފުސީލެއް ފުލުހުން އަދި ނުދެއެވެ. ހާދިސާ ހިނގި ސަރަހައްދު އަދިވެސް އޮތީ ބަންދުކޮށްފައި ކަމަށް ނޫހުން ބުންޏެވެ.

ކާރުން ޖައްސައި މީހުން މެރުމުގެ ހާދިސާއެއް ދާދި ފަހުން އިނގިރޭސިވިލާތުގައި ވެސް ވަނީ ހިންގާފައެވެ. އޮސްޓްރޭލިއާގައި ހިނގި ހާދިސާއަކީ ދުރާލައި ރާވައިގެން ދިން ހަމަލާއެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެއެވެ.