ކުޅިވަރު

ސިޓީއާ ވާދަ ކުރަން ޔުނައިޓެޑްގެ ސްކޮޑް ނުފުދޭ

Dec 27, 2017
1

ވާދަވެރި މެންޗެސްޓާ ސިޓީއާ ވާދަ ކުރެވޭވަރަށް މެންޗެސްޓާ ޔުނައިޓަޑްގެ ސްކޮޑު ނުފުދޭ ކަމަށް، ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗު، ބަލި ނުވެ ޔުނައިޓަޑް ސަލާމަތް ވީ، މެޗުގެ އެންމެ ފަހު ވަގުތުގައި ޖެސީ ލިންގާޑް ކާމިޔާބު ކުރި ލަނޑުންނެވެ. ޔުނައިޓަޑްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރީ އޭނާ އެވެ. ޔުނައިޓަޑުން 300 މިލިއަން ޕައުންޑާ ގާތްކުރާ އަދަދަކަށް ކުޅުންތެރިން ގަތުމަށް ހޭދަ ކުރި ނަމަވެސް، ޔުނައިޓަޑްގެ ފަރާތުން އެފެންވަރު ނުފެންނަކަށް ނޫސްވެރިޔަކު ސުވާލު ކުރުމުން، މޮރީނިއޯ ބުނީ "އެވަރު ނުފުދޭ" ކަމަށެވެ.

މޮރީނިއޯ ޓީމާ ހަވާލުވި ފަހުން، ޔުނައިޓަޑުން ވަނީ 289 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ.

"މެންޗެސްޓާ ސިޓީ، ފުލު ބެކެއްވެސް ގެނައީ، ސްޓައިކަރެއް ގެންނަ އަގުގައި، ކަލޭމެން، ބޮޑު ކުލަބެއްކަމަށް ވާހަކަ ދައްކާނަމަ ތި ވާހަކަ ދައްކަނީ އެ ކުލަބެއްގެ ތާރީހަށް ނިސްބަތްކޮށް، ބޮޑެތި ކުލަބުތަކުގެ އަގުތަކާއި އެހެން ކުލަބުތަކުގެ އަގުތަކާ ތަފާތު ވާނެ، ތާރީހީ ބޮޑެތި ކުލަބުތައް އާންމުގޮތެއްގައި ލަނޑު ލިބޭނެ އެ ތާރީހްގެ ސަބަބުން." މޮރީނިއޯ ބުންޏެެވެ.

އޭނަ ބުނީ، އެންމެ ބޮޑު ކުލަބަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ނޫން ކަމަށާއި، ކުލަބުތަކުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ގޮތުން އެކަން ތަފާތުވާ ކަމަށެވެ.

މޮރީނިއޯ ބުނީ، މެޗުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހުނަސް ކުޅުންތެރިން ކުރި މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ޔުނައިޓަޑަށް ދެން އޮންނާނީ، މި އަހަރުގެ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހު ސައުތުހެމްޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ.