ކުޅިވަރު

ދިވެހި ޕްރިމިއާލީގްގައި ދެން ކުޅޭނީ 10 ޓީމު

އަންނަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ ޓީމުތަކުގެ އަދަދު 10 އަކަށް އިތުރު ކުރުމަށް އެފްއޭއެމުން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ލީގް، 2000 ވަނަ އަހަރު ތާރަފުކޮށް ކުޅެން ފެށި ފަހުންވެސް، ކުޅެމުން ދަނީ އަށް ޓީމެވެ. މިއީ ދިވެހި ޕްރިމިއާ ލީގްގައި 10 ޓީމު ވާދަ ކުރާ ފުރަތަމަ ފަހަރެވެ. އަވަޓެރި ބައެއް ގައުމުތަކުގެ ލީގްތަކުގައި މިހާރުވެސް 10 ޓީމު ނުވަތަ 12 ޓީމު ވާދަ ކުރެ އެވެ. އަވަށްޓެރި އިންޑިއާގެ ރަސްމީ ލީގް 'އައި ލީގް' ގައި ވާދަ ކުރަނީ 10 ޓީމެވެ. ޕާކިސްތާންގެ ޕްރިމިއާ ލީގްގައި، ވާދަ ކުރަނީ 12 ޓީމެވެ. ބަންގުލަދޭޝްގެ ފުޓްބޯޅަ ޕްރިމިއާ ލީގްގައި ވެސް ވާދަ ކުރަނީ 12 ޓީމެވެ.

މި އަހަރު މާލޭ ލީގުން، ދިވެގި ޕްރިމިއާ ލީގަށް ކޮލިފައިވާނީ ގަދަ ހަ ޓީމެވެ. ފުލަށް ދާ ދެ ޓީމު ޖެހޭނީ، ދެ ވަނަ ޑިވިޝަންގެ ރަނަރަފު ޓީމާއެކު، ކޮލިފިކޭޝަން ރައުންޑެއް ކުޅޭށެވެ. ބާކީ ހަތަރު ޖާގަ އަށް އަންނާނީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ. ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގައި 10 ޓީމު ވާދަ ކުރި ނަަމަވެސް، ދެ ވަނަ ބުރުގައި ކުޅޭނީ ގަދަ އަށް ޓީމެވެ.

ދިވެހި ޕްރިމިއާ ލީގްގައި މި އަހަރު ވާދަ ކުރި، މިނިވަން ޗެމްޕިއަންޝިޕްގެ ހަތަރު ޓީމު، މިއަހަރު މިނިވަން ޗެމްޕިއަންޝިޕް ފަށާނީ ފައިނަލު ރައުންޑުން ފެށިގެންނެވެ.

ދެ ވަނަ ޑިވިޝަން ޗެމްޕިއަން ޓީމަށް ވެސް އަލުން، ސީދާ ފުރަތަމަ ޑިވިޝަނުން ޖާގަ ދިނުމަށް އެފޭއެމުން ވަނީ ނިންމާފަ އެވެ. އެގޮތުން އަންނަ އަހަރު، ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދާ ޓީމަށް، 2019 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާނެ އެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ ހަ ވަނަ ދުވަހު އެވެ. ސީޒަން ހުޅުވާ މެޗު، ނުވަތަ ޗެރިޓީ ޝީލްޑް މެޗުގައި ވާދަ ކުރަނީ، ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަން ނިއު ރޭޑިއަންޓާއި ޓީސީ އެވެ.