ކުޅިވަރު

ސިޓީގެ ކެޕްޓަން ކޮމްޕެނީ މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފި

Dec 30, 2017
2

މެންޗެސްޓާ ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގު މާސްޓާސް ޑިގްރީ (އެމްބީއޭ) އެއް ހާސިލު ކޮށްފި އެވެ.

ކޮމްޕެނީ އެމްބީއޭ ހެދީ މެންސެސްޓާގައި ހުންނަ އެލިއަންސް މެންޗެސްޓާ ބިޒްނަސް ސްކޫލުންނެވެ. އިނގިރޭސި ޕްރިމިއާ ލީގް ދެ ފަހަރެއްގެ މަތިން ހޯދި ކުޅުންތެރިޔާއަށް ވަނީ މާސްޓާސް ޕްރޮގްރާމްުގައި މެރިޓް ގްރޭޑް ލިބިފަ އެވެ. އަދި އޭނާގެ ފަހު އަހަރުގެ ޕްރޮޖެކުޓް ނަުަވަތަ ތީސިސްއިން އޭނާ ވަނީ 72 މާކްސް ހޯދައި ޑިސިކްޓްޝަން ހޯދާފަ އެވެ.

އޭނާގެ ތީސިސް ބިނާ ކޮށްފައި ވަނީ ޕްރިމިއާ ލީގްގެ ޕޮރޮފިޝަނަލް ކުލަބުތަކަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ހޯދޭނެ ފައިދާތަކާއި އަދި އެމެޗުތަކުން ހޯދޭނެ ކާމިޔާބާއި އަދި ގޭމް ޗޭންޖު ކޮށް ހޯދޭނެ ކުރިއެރުމާ ބެހޭގޮތުންނެވެ. އޭނާ މާސްޓާސް ފުރިހަމަ ކުރީ، އެލިއަންސް ސުކޫލުގެ ޕާޓްޓައިމު ޕްރޮގްރާމްގައި ކިޔަވައިގެންނެވެ.

ބެލްޖިއަމްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ބުނީ، އޭނާގެ މާސްޓާސް ޑިގްރީ ހާއްސަ ކުރާނީ، މަރުވެފައިވާ އޭނާގެ މަންމައަށް ކަމަށެވެ. އޭނާގެ މަންމަ އަބަދުވެސް ކިޔެވުމަށް ބާރު އަޅާ ކަމަށް ކޮމްޕެނީ ބުންޏެވެ.