ރިޕޯޓް

މި އަހަރުގެ ބައެއް މަޝްރޫއުތަކަށް އަވަސް ކަޅިއެއް

Jan 2, 2018
9

މި އަހަރަކީ އިގްތިސާދީ ރޮނގުން ބަލާނަމަ، ގިނަ މަސައްކަތްތަކެއް ފެނިގެންދާނެ އަހަރަށްވާނެ އެވެ. މި މަޝްރޫއު ތަކުގެ ތެރޭގައި ގެދޮރު އިމާރާތް ކުރުމާއި ޓޫރިޒަމްގެ ބިޔަ މަޝްރޫއުތައް އަދި ދަތުރުފަތުރުގެ ގިނަ މަޝްރޫއުތަކެއް ހިމެނެ އެވެ. މި އަހަރަށް އިގްތިސާދީ ނަޒަރުން ބަލައިލާނަމަ، ފެނިގެންދާނީ ގިނަ މަސައްކަތްތަކެއް ކުރެވިދާނެ އަހަރެއް ކަމަށް ބެލެވެ އެވެ. މިއާއެކު މި އަހަރު ވެގެންދާނީ ރާއްޖޭގެ ދަރަނި ވެސް މަތިވެގެންދާނެ އަހަރަކަށެވެ. ތިރީގައި އެވަނީ މި އަހަރު ނިމޭނެ ކަމަށް ބެލެވޭ ބިޔަ ބައެއް މަޝްރޫއުތަކެވެ.

ޗައިނާ-މޯލްޑިވްސް ބްރިޖް

ބްރިޖުގެ މަސައްކަތަށް ޗައިނާގެ ގާބިލް އެއް ކުންފުނި ކަމަށްވާ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންއިން ރާއްޖޭގައި އަޅާ ބްރިޖުގެ މަސައްކަތް މި އަހަރު ނިމޭނެ އެވެ. އެ ކުންފުނިން ބްރިޖްގެ މަސައްކަތް ކޮށްދެނީ 200 މިލިއަން ޑޮލަރަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. އަނެއް ބައި ދެނީ ލުއި ލޯނުގެ ގޮތުގަ އެވެ. ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖްގެ ދިގު މިނުގައި ޖުމްލަ ދެ ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ އެވެ. ބްރިޖުން 15 މިނެޓް ތެރޭގައި 6500 އަށްވުރެ ގިނަ މީހުންނަށް މާލެއިން ހުޅުލެއަށް ދެވޭނެކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ވީއައިއޭގެ ތަރައްގީ ކުރުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަކީ ސަރުކާރުން ހިންގާ އެންމެ ބިޔަ އެއް މަޝްރޫއެވެ. މި މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮލަރަށްވުރެ އިތުރެވެ. ސަރުކާރުން ވީއައިއޭ ތަރައްގީ ކުރަމުން ގެންދަނީ މިހާރު އަހަރަކު 4.5 މިލިއަން މީހުންނަށް ހިދުމަތްދެވޭ އެއާޕޯޓު 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭވަރުގެ ތަނަކަށް ހެދުމަށެވެ. ވީއައިއޭގެ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަނީ ސައޫދީ ބިންލާދިން ގްރޫޕުން 300 މިލިއަން ޑޮލަރަށެވެ. ވީއައިއޭގެ އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ. އެއާޕޯޓް ތަރައްގީ ކުރަނީ ފަސް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށެވެ. ވީއައިއޭގައި އަޅާ އާ ރަންވޭގެ މަސައްކަތް ކުރަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އާ ރަންވޭ އަށް 400 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އަދި މީގެތެރެއިން 373 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ ޗައިނާގެ ލޯނު އެހީގެ ދަށުންނެވެ. މި މަސައްކަތް ކުރަނީ ގަލްފް ކޮބްލާ ކުންފުނިންނެވެ. އާ ރަންވޭވެސް މިހާރު ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށާނެ އެވެ. މީގެ އިތުރުން ތެޔޮ ރައްކާ ކުރާނެ ވަސީލަތްތަކާއި ބޮޑު ކާގޯ ގިމަތައެއްވެސް ހަދާނެ އެވެ.

ފްލެޓުގެ ބިޔަ މަޝްރޫއު

ބޯހިޔާވަހިކަމުގެ ވައުދު ފުއްދަން ސަރުކާރުވަނީ "ހިޔާ" މަޝްރޫއެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަށާފަ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ސަރުކާރުން ވަނީ 15 ބުރިއަށް ވުރެ އުސް ޓަވަރު ތަކެއް އަޅަން ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އަދި އެ ކުންފުނިތަކުން ވަނީ ފްލެޓު އަޅައި ދޭނެ ކުންފުނިތައް ހޯދަން އިއުލާނުކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 62 ޓަވަރު އަޅާއިރު ފްލެޓުތަކުގެ ޖުމްލަ އަދަދު 15،000 އަށް އަރާނެ އެވެ. މިއީ އިޖުތިމާއީ ބޯހިޔާ ވަހިކަމާއެކު، "މިކްސް ޑިވްލޮޕްމަންޓް" ހިމެނޭ މި މަޝޫރުއެކެވެ. ގާތްގަނޑަކަށް 10،000-12،000 އަކަފޫޓުގެ ބިމެއްގައި ސޯޝަލް ހައުސިންގެ މިންގަނޑަށް ފްލެޓެއް އެޅޭނެ އަގާއި، މީގެ މާކެޓު ވެލިއު އަށެވެ. މިހާރު އިމާރާތް ކުރުމުގެ ސާމާނާއި ލޭބަ ކޮސްޓް އަދި އެހެނިހެން ހަރަދުތައް ކަނޑާފައި، މާބޮޑު ފައިދާއެއް ނުލާނަމަ ފްލެޓެއް ވިއްކޭނެ އަގަކީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ އެވެ. މި އަގުގައި ބަލާނަމަ މީގެ ޓަވަރެއް އަޅަން އަޅަން ގާތްގަނޑަކަށް 21 މިލިއަން ޑޮލަރު ހަރަދު ވާނެ އެވެ. އަދި މި އަގަށް ފައިދާ އާއި އެހެނިހެން ހަރަދުތައް ހިމަނައިފިނަމަ ޓަވަރެއްގެ އަގު ގާތްގަނޑަކަށް 68 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 330 މިލިއަން ރުފިޔާ) އަށް އަރަ އެވެ.