ހަބަރު

ރާއްޖެއާއެކު އޮންނަ ގުޅުމުގެ އަގު ވަޒަން ކުރަން: ޕާކިސްތާން

ރާއްޖެއާއެކު އޮންނަ ގުޅުމުގެ އަގު ވަޒަން ކުރާ ކަމަށް އަވަށްޓެރި ޕާކިސްތާނުން ބުނެފި އެވެ.

ރޭޑިއޯ ޕާކިސްތާނާ ހަވާލާދީ ދަ ނޭޝަން ނޫހުން ބުނީ ރާއްޖެއާއެކު އޮންްނަ ގުޅުމުގެ އަގު ވަޒަން ކުރާ ކަމަށް ޕާކިސްތާނުގެ ރައީސް މަމްްނޫނު ހުސައިން ވިދާޅުވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އެޑްމިރަލް ރިޓަޔާޑް ވަސީމް އަކްރަމްއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.

ޕާކިސްތާނުގެ ރައީސް ވަނީ ރާއްޖެއާ ޕާކިސްތާނާއި ދެމެދު ވަޔާއި ކަނޑުމަގުން ކުރާ ދަތުރުތައް އަލުން ފެށުމަށް ހާއްސަ އިސް ކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަން އިރުޝާދު ދެއްވާފަ އެވެ. އޭގެ ބޭނުމަކީ ދެ ގައުުމުގެ ދެމެދުގައި ކުރާ ވިޔަފާރި އިތުރަށް ކުރިއެރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެޑްމިރަލް ޖެނެރަލް ރިޓަޔާޑް ވަސީމް އަކްރަމް ރާއްޖޭގެ ސަފީރަކަށް ހަމަޖައްސަން ޕާކިސްތާނު ޕާލަމެންޓުން އަދި ރުހުމެއްް ނުދެއެވެ. އޭނާއަށް ރުހުން ދޭނީ ކޮން ތާރީހެއްގައި ކަމެއް ވެސް އަދި ނޭނގެ އެވެ. ޕާކިސްތާނުގެ ސަފީރުގެ ގޮތުގައި މިހާރު ރާއްޖޭގައި ހުންނެވީ ސައީދު ޚަވާރު އަލީ ޝާހް އެވެ.