އެނބޫދޫ ލެގޫން

އެނބޫދޫ ލެގޫންގެ ދެވަނަ ފިޔަވަހި ފަސް އަހަރަށް ދެމިގެންދާނެ

މައިގަނޑު ތިން ދާއިރާއަކުން ވިޔަފާރި ކުރާ ގޮތަށް، ސަހަރަކާއި ޔޮޓްމެރީނާއަކާއި ރިސޯޓަކާއެކު ތަރައްގީ ކުރަމުން އަން އެންބޫދޫ ލެގޫންގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ފަސް އަހަރަށް ދެމިގެންދާނެ ކަމަށް އެ މަޝްރޫއު ހިންގާ ސިންގާ އެސްޓޭޓުން ބުނެފިއެވެ.

"ރީޓެއިލް އޭޝިއާ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސިންގްހާ އެސްޓޭޓުގެ ޗީފް މާކެޓިން އޮފިސަރު ކިޓްސަނަން ކިޓަރަމަޔަޓްރެޕަމަޑެޖް ވިދާޅުވެފައިވާ ގޮތުގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި މިއަހަރު ނިމޭނެ އެެވެ. އެގޮތުން މިއަހަރު ނިމޭނީ ސަހަރު ކަމަށާއި ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް އޮޮތް ފަަސް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

މަޝްރޫއުގެ ފައިދާތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކިޓްސަނަން ވިދާޅުވެފައި ވަނީ އެ މަޝްރޫއަކީ ތަފާތު ގިނަ ގޮތް ގޮތުުން ދެމެހެއްޓެނިވި މަޝްރޫއެއް ކަމަށެވެ. އެގޮތުން އެ މަޝްރޫއު ކުރިއަށް ދަނީ ދެމެހެއްޓެނިވި ގޮތަކަށްކަން ކަށަވަރު ކުރަން އެކަމަށް ހާއްސަ ޓީމަކުން ހުރިހާ މަސައްކަތްތަކެއް ވަކިވަކިން ބަލަމުން ދާނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް މިއީ ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި މަޝްރޫއެއް. ގުދުރަތީ ރީތިކަން ދެމެހެއްޓޭނެ ކަން ކަށަވަރު ކުރުމަށް މަސައްކަތް ހިނގާ ގޮތް ފިޔަވަޅަކުން ފިޔަވަޅަކުން ބަލަން އަހަރެމެންގެ ޓީމެއް އެބަ އޮތް،" ކިޓްސަނަން ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

މަޝްރޫއަށް ކުރިމަތިވި އެންމެ ބޮޑު ދައްޗަކީ ކޮބައިތޯ ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވެފައި ވަނީ އެއީ ވަކި ވަރަކަށް ވުރެ އުސްކޮށް އެއްވެސް އިމާރާތެއް ނުހެދޭ ގޮތަށް އޮތުން ކަމަށެވެ.

"އެންމެ ބޮޑު ދައްޗަކީ ހުރިހާ އިމާރާތެއް ވެސް ރުއްރުކަށްވުރެ ތިރިކޮށް ބަހައްޓަން ޖެހުން. ދިވެހި ސަރުކާރަށް އެއީ ވަަރަށް މުހިއްމު ކަމެއްލ އަހަރެމެންނަށް އިރުޝާދު ދީފައި ވަނީ އެކަަމަށް ރައްކާތެރިވާން،" އޭނާ ކިޓްސަނަނަން ވިދާޅުވެފައި ވެއެވެ.

އެނބޫދޫ ލެގޫން މަޝްރޫއުގެ ދަށުން، ވަކިވަކި ލައިފްސްޓައިލް ކޮންސެޕްޓްތަކަށް ނުވަ ރަށެއް ތަރައްގީކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތިން ރަށެއް ތަރައްގީކުރާއިރު މި ތަންތަނަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ހިންގާ ރިސޯޓުތަކުގައި ޖުމުލަ 1،300 ކޮޓަރި ހުންނާނެ އެވެ."