ކަނޑުމަތީގެ ހާދިސާ

އެނބޫދޫ ފިނޮޅު ކައިރިން ކަނޑުވި ތިން މީހަކު ސަލާމަތްކޮށްފި

ޓޫރިޒަމް ވިލެޖެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ އެނބޫދޫ ފިނޮޅު ކައިރިން ކަނޑުވެފައި ތިބި ތިން މީހަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ، މިއަދު 5:38 އެހާކަންހާއިރު އެނބޫދޫ ފިނޮޅު ކައިރިން ކަނޑުވެފަ ތިއްބާ ސަލާމަތްކުރީ އެ ސަރަހައްދުން ޑިންގީ އެއްގައި ދަތުރުކުރަމުން ދިޔަ ބައެއް ކަމަށެވެ.

އެއިން ދަތުރުކުރި ތިން މީހުން ސަލާމަތްކުރީ، ތާޖް އެކްސޯޓިކާ ރިސޯޓަށް ދިޔަ ލޯންޗަކުންނެވެ. ކަނޑުވެފަ ތިއްބާ ސަލާމަތްކުރި ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.