ލޯންޗް އެކްސިޑެންޓެއްގައި ފަތުރުވެރިން ތަކަކަށް އަނިޔާވެއްޖެ އެވެ. ދެ ލޯންޗު ޖެހުނު މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު އެވެ.
ފުލުހުން ބުނީ އދ. އަތޮޅުގައި ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާ އެކްސިޑެންޓް ހިނގަން މެދުވެރިވީ މާމިގިިއްޔާއި އަރިޔަދޫ ކައިރިއަށް ސަން އައިލެންޑްގެ ލޯންޗަކުން ގެސްޓުން މޫދަށް ބާލައި އެ ސަރަހައްދުގައި މަޑުކޮށްގެން ތިއްބާ ދަތުރު ކުރި އެހެން ލޯންޗެއްގެ ކޮންޓްރޯލް ގެއްލި ސަން އައިލެންޑްގެ ލޯންޗުގައި ޖެހިގެން ކަމަށެވެ.
މި ހާދިސާގައި ސަންގެ ލޯންޗުގައި ތިބި ބައެއް ފަތުރުވެރިންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، އެ މީހުން މާމިގިލި ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފަ އެވެ.
މި ހާދިސާގައި ދެ ލޯންޗަށް ވެސް އެކިވަރުގފެ ގެއްލުން ވެފައި ވެއެވެ.