ހަބަރު

މ. އަތޮޅު ބޭރަށް އިންޖީން ހުއްޓުނު ބޯޓަކަށް އެހީވެއްޖެ

Jan 4, 2018

ލ ގަމުން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓުގާޑުން ބޯޓަށް އެހީވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މިރޭ އިރުއޮއްސި 6:00 ހާއިރު އިންޖީނުގެ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން އަޑީތެޔޮ ހުސްވެގެން މ އަތޮޅު ތުވަރާއި ދިމާލުން ތިން މޭލު ބޭރުގައި އޮތް ބޯޓަކަށް އެ ކޯސްޓުގާޑުން އެހީތެރިކަން ފޯރުކޮށްދީ އެކަން ހައްލުކޮށްދީފައިވާ ކަމަށެވެ. ބޯޓަށް އެހީވުމުގެ ގޮތުން ކޯސްޓުގާޑުން ވަނީ މ. މުލަކަށް ގޮސް އަޑީތެޔޮ ހޯދައި ބޯޓަށް އެ ތެޔޮ ފޯރުކޮށްދީފައެވެ. ބޯޓަށް ދިމާވި މައްސަލަ ހައްލުވެ، މ ކޮޅުފުއްޓަށް ދިއުމަށް އެ ބޯޓު މިހާރު ދަތުރު ފަށާފައިވާކަމަށް ކޯސްޓުގާޑުން ބުނެއެވެ.

އެ ހާދިސާ ހިނގިއިރު އެ ބޯޓުންތިން ދިވެހިންނާއި ހަތަރު ބިދޭސީންނާއެކު ޖުމްލަހަތް ފިރިހެނުން ދަތުރުކުރި އެވެ. އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.