ވިޔަފާރި

އެލައިޑް ސްޕެޝަލް އިވެންޓް: މިފަހަރު ކޮން ކަމެއް؟

އެލައިޑުގެ ތަފާތު ދިވެހިންނަށް އެންމެ ފަހުން ފެނުނީ މޯލްޑިވިއަން އައިޑޮލްއިންނެވެ. މޯލްޑިވިއަން އައިޑޮލްއާ ދިމާކޮށް، އެ ކުންފުނިން ގެނެސްދިން ކުޑަކުއްޖާ އެންމެންގެ ހިތް ފަތަހަ ކުރި އެވެ. ހިތް އަތުލި އެވެ. މިއާއެކު، އެލައިޑުން މިހާރު މިވަނީ އަނެއްކާ ވެސް ހާއްސަ ކަމަކަށް ތައްޔާރުވެފަ އެވެ. މި ފަހަރު މި އަންނަނީ އެލައިޑް- ސްޕެޝަލް އިވެންޓެވެ. މި ފަހަރު ކޮން ކަމެއް ހެއްޔެވެ؟

އެލައިޑް- ސްޕެޝަލް އިވެންޓުގެ 'ޓްރެއިލާތައް' މިހާރު ވަނީ އާއްމުކޮށްފަ އެވެ. މި ކުދިކުދި ވީޑިއޯ ކޮޅުތަކުގައި ފެނިގެން ދަނީ ތަފާތު މިއުޒިކީ ތަރިންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނިން މިހާތަނަށް އާއްމުކުރި ވީޑިއޯތަކުގައި އާދަޔާ ހިލާފު އިންޑިވިޖުއަލް ހުނަރުވެރި މިއުޒިކީ ފަންނާނުން ފެނެ އެވެ.

އެލައިޑް އިންޝުއަރެންސުގެ މާކެޓިން މެނޭޖަރު ނިއުޝާދް ޝަރީފް ވިދާޅުވި ގޮތުގައި މި ތަރިން ބައިވެރި ވީޑިއޯ އިން ދައްކާލުމުގެ މަގުސަދަކީ އެލައިޑާއެކު މަސައްކަތްކުރާ ތަރިންނަށް ހާއްސަ އެކްސްޕޯޝާއެއް ދިނުން ކަމަށެވެ.

"މިއީ ހާއްސަ އިވެންޓުގައި ހުށަހެޅުންތައް ހުށަހަޅާ ތަރިން. މީގެ މަގުސަދެއް އެ ކުދިންނަށް އެކްސްޕޯޝާއެއް ދިނުން. އަޅުގަނޑުމެންގެ ވަރަށް ބޮޑު މަގުސަދެއް މިއީ،" ނިއުޝާދު ވިދާޅުވި އެވެ. އެލައިޑުން މިދިޔަ އަހަރު ވެސް "ސްޕެޝަލް އިވެންޓެއް" ބޭއްވި އެވެ. މި އިވެންޓު ވެސް ވެގެން ދިޔައީ ތަފާތު ކަންތައްތަކެއް ފެނިގެން ދިޔަ އިވެންޓަކަށެވެ. ހާއްސަކޮށް އާ ހިދުމަތްތަކެއް ފެނިގެންދިޔަ އެވެ.

މިއީ ހާއްސަ އިވެންޓުގައި ހުށަހެޅުންތައް ހުށަހަޅާ ތަރިން. މީގެ މަގުސަދެއް އެ ކުދިންނަށް އެކްސްޕޯޝާއެއް ދިނުން. އަޅުގަނޑުމެންގެ ވަރަށް ބޮޑު މަގުސަދެއް މިއީ
އެލައިޑް- މާކެޓިން ހެޑް، ނިއުޝާދު

މިދިޔަ އަހަރު ވަނީ ރާއްޖޭގެ ފުރަތަމަ އިންޝުއަރެންސް ނަމްބަރު 1600 ތައާރަފުކޮށްފަ އެވެ. އަދި އެލައިޑް އިންޝުއަރެންސް މޮބައިލް އެޕްލިކޭޝަނާއި އަންހެނުންނަށް ހާއްސަކޮށް "ކަމަނަ" އިންޝުއަރެންސް ވެސް ތައާރަފު ކުރި އެވެ.

އެހެންވެ، މި އަހަރުގެ އިވެންޓު ވެސް ވެގެންދާނީ ތަފާތު އިވެންޓަކަށެވެ. ހަމަ ޔަގީނުންވެސް ތަފާތުވާނެ އެވެ. ނަމަވެސް ނޭނގޭ ކަމަކީ މިފަހަރު އޮތީ ކޮންކަމެއް ކަމެވެ. އިންތިޒާރުކޮށްލާށެވެ!

އެލައިޑްގެ ސްޕެޝަން އިވެންޓްގެ ޕްރޮމޯ.