ވިޔަފާރި

ދެކުނު އޭޝިއާގެ މައި ޓްރޭޑްޝޯގައި ބައިވެރިވާން ހުޅުވާލައިފިި

Jan 9, 2018

ސައުތު އޭޝިއަން ލީޑިން ޓްރެވަލް ޓްރޭޑް ޝޯ (ސަތޭ) ގައި ބައިވެރިވާން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ހުޅުވާލައިިފި އެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ޓްރޭޑްޝޯ ކަމަށްވާ ސަތޭގައި ބައިވެރިވާން ހުޅުވާލައި މަޓާޓޯއިން ބުނި ގޮތުގައި މި މަހުގެ 31 އިން އަންނަ މަހުގެ ދޭކަށް އިންޑިޔާގެ ނިއުދިއްލީގައި އޮންނަ މި ފެއާގައި ބައިވެރިވުމުގެ ފުރުސަތު ޓޫރިޒަމް ސިނާއަޔަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ފެއާގައި ބައިވެރިވާން އެދޭ ފަރާތްތަކަން މިމަހުގެ 15ގެ ކުރިން އެ ޖަމިއްޔާއަށް އެނގުމަށް އެދޭ ކަމަށެވެ. ފެއާގައި ބައިވެރިވާން ހާއްސަ ފެއާއެއް ވެސް މަޓާޓޯ އިން ނަގަ އެވެ.

މަޓާޓޯއިން ބުނި ގޮތުގައި ސަތޭއަކީ 12،000 މީހުން ޒިޔާރަތް ކުރާ ފެެއާއެއް ކަމަށާ، ފެއާގައި 35 ގައުމަކުން 750 މީހުން ބައިވެރިވާން ކަމަށެވެ. އަދި ސަތޭގައި އިންޑިޔާގެ 48 ސިޓީއަކުން މީހުން ބައިވެރިވުމަކީ އިޝްތިހާރު ކުރަން ލިބިގެންދާނެ ރަނުގެ ފުރުސަތެއްގެ ގޮތުގައި މަޓާޓޯއިން ފާހަގަ ކޮށްފައިވެ އެވެ.

އިންޑިޔާއަކީ ރާއްޖޭގެ ޓޫރިޒަމްގެ އުންމީދީ މަންޒިލެކެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ނިޔަލަށް އިންޑިޔާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 70,372 އަށް އަރާފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 57,264 ޓޫރިސްޓުންނާ އަޅާބަލާއިރު 22.9 ޕަސެންޓް އިތުރުވުމެކެވެ. އަދި އިންޑިޔާއިން މިދިޔަ މަހު 7,231 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 6,895 މީހުންނާ އަޅާބަލާއިރު 4.9 ޕަސެންޓް އިތުރު އަދަދެކެވެ.