ވިޔަފާރި

"ގޯލްޑް 100" ގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް

Jan 10, 2018

ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދެވޭ "ގޯލްޑް 100" ގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި އެވެ.

މި ސްޕޮންސާ އެއްބަސްވުމާބެހޭ ގޮތުން، ބީއެމްއެލްގެ ޑައިރެކްޓާ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކަށް އަމާޒުކޮށް ދެވޭ ގޯލްޑް 100 އެވޯޑް ދިނުމަށް ކޯޕަރޭޓް މޯލްޑިވްސް އާއެކު މި އަހަރުވެސް ޕާޓްނާޝިޕެއް ގާއިމު ކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ބޭންކުން މިދަނީ ރާއްޖޭގެ ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރު ކުރަމުން. އަދި މި އެވޯޑާއެކު ބޭންކުން މި ދަނީ އެ ކުންފުނިތަކުން ހޯދަމުންދާ ކާމިޔާބުތަކުގެ އަގު ވަޒަންކުރަމުން،" ކުލްދީޕް ވިދާޅުވި އެވެ.

ރާއްޖޭގެ ވިޔަފާރި އާއި މާލީ ދާއިރާ އާ ގުޅޭ ޚަބަރުތައް ގެނެސްދޭ " ކޯޕަރޭޓް މޯލްޑިވްސް" އާއެކު މި އެވޯޑް ދިނުމުގައި ބޭންކުން ޖެހިޖެހިގެން ބައިވެރިވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރިތައް ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މައުލޫމާތު އިވެލުއޭޓްކުރުމަށް މިނިވަން ކޮންސަލްޓަންސީ ފާމެއްވަނީ ކަނޑައަޅާފައެވެ. މި އެވޯޑް ލިބޭ ފަރާތްތައް އާންމު ކުރެވިގެންދާނީ މިމަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑް 100 ގާލާ އިވެންޓުގަ އެވެ.

ބީއެމްއެލްއިން ވަނީ ބޭންކިންގެ ވިއުގައިން މުޅި ރާއްޖެ ގުޅާލާފަ އެވެ. މި ބޭންކުން 20 އަތޮޅުގައި 34 ބްރާންޗް ހުޅުވާފައިވެ އެވެ. އަދި 33 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 92 އޭޓީއެމްގެ އިތުރުން 4900 ޕީއޯއެސް މަޗަންޓުންގެ ހިދުމަތް ދަނީ ދެމުންނެވެ. އަދި 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމެވެ.