ބަރޮސް މޯލްޑިވްސް

ބަރޮސް މޯލްޑިވްސްއަށް އާ ޖެނެރަލް މެނޭޖަރެއް

Jan 11, 2018
5

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓް ކަމަށްވާ ބަރޮސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް އާ ބޭފުޅުަކު ހަމަޖައްސައިފި އެވެ.

އެ މަގާމަށް ވަޑައިގެންނެވީ 2010 ވަނަ އަހަރު ބަރޮސްގެ އޮޕަރޭޝަން މެނޭޖަރުގެ މަގާމު ފުރުއްވެވި އަހުމަދު ޖިހާދެވެ. ހޮސްޕިޓަލިޓީ މެނޭޖުމަންޓް ދާއިރާއިން އޮސްޓްރޭލިޔާގައި ޑިގްރީ ހާސިލް ކުރެއްވެވި އަހުމަދަކީ ޓޫރިޒަމް ދާއިރާގައި ގިނަ ތަޖުރިބާ ތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އޭނާ މަސައްކަތް ކުރެއްވި އެހެން ރިސޯޓުތަކުގެ ތެރޭގައި ރެސިޑެންސް މޯލްޑިވްސް އާއި ނިޔާމަ މޯލްޑިވްސް އާއި ހުވަފެންފުށި ހިމެނެ އެވެ. އެ ރިސޯޓްތަކުގައި ވެސް އިސް މަގާމުތަކެއް ފުރުއްވެވި އެވެ.

ރާއްޖޭގައި ފުރަތަމަ ހުޅުވި ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ބަރޮހުގައި މަސައްކަތް ކުރައްވަން ލިބި ވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އަހުމަދު ވިދާޅުވި އެވެވެ.