ފިނިޕޭޖް

ބޮޑު ޕްރޮޖެކްޓަކަށް ނަހޫ ތައްޔާރުވަނީ!

މަޝްހޫރު ދިވެހި ފިލްމު ޕްރޮޑިއުސާ/ޑައިރެކްޓަރު އަދި ވާހަކަ ކިޔުންތެރިޔާ ފާތުމަތު ނަހުލާ (ނަހޫ) އޭނާގެ އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފި އެވެ. ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް ފެށިކަން ނަހޫ އިއުލާންކޮށްފައި ވަނީ އޭނާ ފޭސްބުކްގައި ޝެއާކުރި ޕޯސްޓެއް މެދުވެރިކޮށެވެ.

"ލޭޓް ނައިޓް ސްކްރިޕްޓް ވޯކް. ގޮއިން ނަޓްސް ވިތް ނަޓްސް. އެނަދާ ހިއުޖް ޕްރޮޖެކްޓް ކަމިން އަޕް." ނަހުލާ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެ އެވެ. ނަމަވެސް މި ފިލްމާއި ގުޅޭ އިތުރު އެހެން އެއްވެސް ތަފްސީލެއް ނަހޫ ދޫކޮށްލާފައެއް ނުވެއެވެ.

ގިނަ ބަޔަކު ވަނީ ނަހޫގެ މި ޕްރޮޖެކްޓަކީވެސް ކާމިޔާބު ޕްރޮޖެކްޓަކަށް ވާނެކަމަށް އުއްމީދުކުރާ ކަމަށް ބުނެ ޕޯސްޓަށް ކޮމެންޓް ކޮށްފަ އެވެ. ވަރަށް ގިނަ މީހުން ބުނެފައި ވަނީ ނަހޫގެ އާ މަސައްކަތައް އިންތިޒާރު ކުރާނެ ކަމަށް ވެސް ބުނެފަ އެވެ.

ދާދިފަހުން ނަހުލާ ވަނީ ނުވަ އަހަރަށްފަހު އޭނާ އަމިއްލައަށް ޑައިރެކްޓްކުރާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަކަން ހާމަކޮށްފަ އެވެ. އެ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބުނެފައިވަނީ އަންނަ 2019 އިގެ ތެރޭގަވެ. އެ ފިލްމާއި ބެހޭގޮތުން ވެސް މާ ބޮޑު ތަފްސީލެއް އަދި ދީފައެއް ނުވެ އެވެ.

ނަހޫގެ ކުރިއަށް އޮތް ފިލްމެއްގެ ލީޑް ރޯލު މަޝްހޫރު ބަތަލާ މަރިޔަމް އައްޒައަށް ދޭނެކަމަށް އޭނާ ވަނީ ބުނެފައެވެ.

މިދިޔަ އަހަރު އެޅުވި ނަހުލާގެ ފިލްމު "ބޮސް" އަށްވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ. "ބޮސް" ގެ 30 އަށް ވުރެ ގިނަ ޝޯ އޮލިމްޕަހުގައި ދައްކާފައިވެ އެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ކާމިޔާބު ގިނަ ޝޯތަކެއް ދައްކާފައިވެ އެވެ.