އެނބޫދޫ ލެގޫން

15 ބްރޭންޑާއެކު، އެނބޫދޫ ލެގޫން ވިޔަފާރި ފޯރަމް ފަށައިފި

Jan 17, 2018

"އެނބޫދޫ ލެގޫން" މަޝްރޫއުގައި ހިމެނޭ ބޮޑެތި 15 ބްރޭންޑް ހިމެނޭ ގޮތަށް، ވިޔަފާރީގެ ނެޓްވޯކިން ފޯރަމް މިއަދު ފަށައިފި އެވެ.

ނޭޝަނަލް އާޓްގެލަރީގައި ކުރިއަށްދާ މި ފޯރަމް ފައްޓަވައި ދެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.

ތައިލެންޑުގެ ތިންވަނައަށް އެންމެ ބޮޑު ކުންފުނި ކަމަށްވާ ސިންގްހާ އެސްޓޭޓުން "ކްރޮސްރޯޑްސް މޯލްޑިވްސް" ގެ ނަމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ މި މަޝްރޫއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް އޮތް ފުރުސަތެއް ކަމަށެވެ. މި ފޯރަމްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓް ކުރެވޭނެ ފަދަ ފުރުސަތުތައް ހިމެނޭ ކަމަށާއި އެ ދާއިރާތަކުގެ ތެރޭގައި ކެއިން ބުއިމުގެ ހިދުމަތްތައް (އެފްއެންބީ) އާއި ރިއަލް އެސްޓޭޓް ވިޔަފާރިފަދަ ދާއިރާތައް ހިމެނޭ ކަމަށް ސައީދު ވިދާޅުވި އެވެ.

ސިންގްހާ ކުންފުނިން ބުނެފައިވާ ގޮތުގައި ބިލިއަނެއްހާ ޑޮލަރުގެ ބިޔަ މަޝްރޫއުގެ ދަށުން، 7،000 ވަޒީފާގެ ފުރުސަތު ހުޅުވޭނެ އެވެ. އަދި މިތަން ވެގެންދާނީ ދިވެހިންނަށް ރަނުގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ތަނަކަށެވެ.

ރާއްޖޭގެ ޓޫރިޒަމް 44 އަހަރުވީ ތާރީހުގައި ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ދަށުން، ވަކިވަކި ލައިފްސްޓައިލް ކޮންސެޕްޓްތަކަށް ނުވަ ރަށެއް ތަރައްގީކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތިން ރަށެއް ތަރައްގީކުރާއިރު މި ތަންތަނަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ހިންގާ ރިސޯޓުތަކުގައި ޖުމުލަ 1،300 ކޮޓަރި ހުންނާނެ އެވެ. އަދި މި މަޝްރޫއާއެކު 7،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗުގައި 10 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ އެނބޫދޫ ލެގޫން މަޝްރޫއު ތަރައްގީކުރަނީ 3،000 ކޮޓަރި ހުންނާނެ ގޮތަށެވެ.