ދުނިޔެ

އެމެރިކާ އިން އުތުރު ކޮރެއާ އަށް ރައްދު ދޭނެ: އޮބާމާ

0%
0%
0%

އޮބާމާ މިހެން ވިދާޅުވެފައި ވަނީ ސޮނީ ހެކުކުރި މައްސަލައިގެ ތަހުގީގު ނިމި އެފްބީއައި އިން އުތުރު ކޮރެއާ އަށް އިނގިލި ދިއްކޮށްފައި ވަނިކޮށް ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"އަޅުގަނޑުމެން ރައްދު ދޭނަން،" އެ ބައްދަލުވުމުގައި އޮބާމާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލާނީ އެއްވަރުގެ ރައްދަކަށް. ކޮންމެވެސް އެހެން ތަނެއްގައި ހުރި ޚުދުމުހުތާރުވެރިޔަކު ބޭނުންވީމަ އެމެރިކާގައި ފިލްމެއް ސެންސަރުކުރެވިދާނެ ކަމުގެ ހިޔާލަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން."

އުތުރު ކޮރެއާ އަށް ރައްދު ދެއްވާނެ ކަމަށް ވިދާޅުވިޔަސް އޮބާމާގެ ސަރުކާރުން އަޅުއްވާނެ ފިޔަވަޅުތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

މި މައްސަލާގައި އިތުރަށް ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އުތުރު ކޮރެއާގެ ބިރުދެއްކުމާ ގުޅިގެން ސޮނީ އިން "ދަ އިންޓަވިއު" ގެ ޝޯތައް ކެންސަލްކުރުމަކީ އެމީހުން ހެދި ގޯހެއް ކަމަށެވެ.

"ޓެރަރިސްޓް ހަމަލާއެއްގެ ބިރަށް އާންމު ދިރިއުޅުމުގެ އުސޫލު ބަދަލެއް ނުކުރެވޭނެ. އެކަން އެހެން ވާ ނަމަ އެއީ އެމެރިކާއެއް ނޫން. އެމެރިކާގެ ވައްތަރެއް، ގޮތެއް ނޫން،" އޮބާމާ ވިދާޅުވި އެވެ.

ސޮނީން ފިލްމު ކެންސަލްކުރީ ހެކަރުންގެ އިންޒާރުތަކާ ގުޅިގެން ސިނަމާތަކުން ފިލްމު ބޭރުކޮށްލުމުންނެވެ.

ހެކުކުރި މައްސަލާގައި އުތުރު ކޮރެއާ އަށް އެމެރިކާގެ ތުހުމަތުގެ އިނގިލި ދިއްކޮށްފައިވިޔަސް މި މައްސަލާގައި އެގައުމުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ސޮނީ ހެކުކުރި ފަރާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ކުރިން ވާހަކަ ދައްކާފައިވެ އެވެ.

ބުނެފައި ވަނީ އެއީ ސޮނީ އަށް ދިނުން ހައްގު ހަމަލާއެއް ކަމަށެވެ.

 

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910