ފިނިޕޭޖް

އެއް އިރެއްގައި ދެ ވާދަވެރިން، މިހާރު ފެންނަނީ އެކުގައި!

ދިވެހި ސިނާމާ އިން މިހާތަނަށް ފެނުނު އެންމެ ކުޅަދާނަ އަދި ކާމިޔާބު ދެ ތަރިންނަށް ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި އަލީ ސީޒަން ވާނެކަން ޔަގީނެވެ. ދެހާހުގެ ކުރީކޮޅު ދިވެހި ސިނަމާގައި އެންމެ ވާދަވެރިވެ ދެތަރިންނަކީވެސް މިއީ އެވެ. އެ ވާދަވެރި އޮތް ދުވަސްވަރުވެސް މި ދެ ތަރިން އެއްކޮށް ބައެއް ފިލްމަތަކަކުން ފެނުނެވެ.

އޭގެފަހުން މި ދެ ތަރިން އެއްކޮށް ނުފެނި ގިނަ ދުވަސްތަކެއްވުމަށްފަހު އެންމެފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ނިކުތް ކޮމެޑީ ފިލްމު "ނޯޓީ 40" އިންނެވެ. ތަފާތު ރޯލަކުން ދެ ތަރިން ފެނިގެންދިޔަ މި ފިލްމަކީ އެ ދެ ތަރިންނަަށްވެސް ކުރެވުނު ތަފާތު ތަޖުރިބާއެކެވެ.

"ކުރިއެކޭ މިހާރެކޭ ވަކި ތަފާތެއް ނެތް. އެކަމަކު އެކްޓިންގެ ދާއިރާގައި ވާދަވެރިކަން އެބަ އޮތް." ފިލްމީ ދާއިރާގައި މަސައްކަތްކުރަނީ ކުރިއަރާދިއުމުގެ އަޒުމުގައި ކަމަށާއި، ކޮންމެ މީހަކަށްވުރެވެސް މޮޅުވާން މަސައްކަތް ކުރާނެ ކަމަށް ސީޒަން ބުންޏެވެ. "އެކަމަކު އެއް އިރަކުވެސް ޕާސަނަލީ އެއްވެސް ކަހަލަ ނުތަނަވަސް ކަމެއް ޔޫއްޕެ އާއިމެދު ނޯންނާނެ. ޔޫއްޕެ އާއެކޮށް މަސައްކަތް ކުރަނީ ހަމަ ހިތްހަމަޖެހިގެން."

މިހާ ވާދަވެރި ދެ ތަރިން އެއްކޮށް އެއް ފިލްމަކުން ފެނިގެންދާތީ ބައެއް ބެލުންތެރިންގެ ހިތްތަކުގައި އެތަށް ސުވާލުތަކެއް އުފެދިފައިވެ އެވެ. މި ތަރިން އެއްކޮށް ފިލްމުތައް ކުޅެނީ ހަމަ ހިތްހަމަޖެހިގެން ބާ؟ ހަމަ ހިތުން ރުހުމުން ހެއްޔެވެ؟ މިކަމުގެ ފަަހަތުގައި އެހެން ސަބަބެއް އެބަ އޮތް ހެއްޔެވެ؟ މި ސުވާލުތަކަށް ޔޫއްޕެ އަދި ސީޒަން މި ވަނީ ޖަވާބު ދީފަ އެވެ.

"ކުރިއެކޭ މިހާރެކޭ ވަކި ތަފާތެއް ނެތް. އެކަމަކު އެކްޓިންގެ ދާއިރާގައި ވާދަވެރިކަން އެބަ އޮތް." ފިލްމީ ދާއިރާގައި މަސައްކަތްކުރަނީ ކުރިއަރާދިއުމުގެ އަޒުމުގައި ކަމަށާއި، ކޮންމެ މީހަކަށްވުރެވެސް މޮޅުވާން މަސައްކަތް ކުރާނެ ކަމަށް ސީޒަން ބުންޏެވެ. "އެކަމަކު އެއް އިރަކުވެސް ޕާސަނަލީ އެއްވެސް ކަހަލަ ނުތަނަވަސް ކަމެއް ޔޫއްޕެ އާއިމެދު ނޯންނާނެ. ޔޫއްޕެ އާއެކޮށް މަސައްކަތް ކުރަނީ ހަމަ ހިތްހަމަޖެހިގެން."

ޔޫއްޕެއާ މެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން ސީޒަން ބުނީ ޔޫއްޕެއަކީ "ވަރަށް ކެތްތެރި އަދި ގާބިލު." މީހެއް ކަމަށެވެ. ޔޫއްޕެއަކީ އޭނާގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ޕާފެކްޓްކޮޑް ކުރާ މީހެއްކަމަށް ސީޒަން ބުންޏެވެ.

މި ސުވާލުތަކަށް ޔޫއްޕެ ވެސް ދިނީ ދާދި އެއްގޮތް ޖަވާބުތަކެކެވެ. ޔޫއްޕެ ބުނީ އެ ދެމީހުންނަކީވެސް މި ދާއިރާގައި ތަޖުރިބާހުރި ދެ މީހުނަށްވެފައި މި ދާއިރާއި ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތެއް އޮވެއްޖެނަމަ ދެ މީހުން އެއްކޮށްވިޔަސް ކުރާނެ ކަމަށެވެ.

"މިހާރު ވަރަށް އާ ކުދިން މި ދާއިރާއަށް އެބަ ނިކުމޭ. އެކުދިންނަށް ފުރުސަތުތައްވެސް އެބަ ލިބޭ. އެހެންވީމަ ދެ މީހުން އެއްކޮށް މަސައްކަތް ކޮށްގެން ވިޔަސް މި ދާއިރާއަށް ގާބިލު އާ ކުދިންތަކެއް ނެރެދެވިއްޖެޔާ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމަަކަށް ވާނެ." ޔޫއްޕެ ބުންޏެވެެ.

"ނޯޓީ ފްލަސް" ގެ ޝޫޓިން ކުރިއަށްދާއިރު ޔޫއްޕެ މިހާރު ދަނީ މި އަންނަ މަހު 6 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އޭނާގެ އަމިއްލަ ޑައިރެކްޝަނެއް ކަމަށްވާ "ދެވެންސޫރަ" ރިލީޒްކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ.

ރަސްމީކޮށް އަދި އިއުލާނުކޮށްފައި ނެތްނަމަވެސް ސީޒަންގެ ދެ ފިލްމެއްގެ މަސައްކަތްވެސް ކުރިއަށް އެބަ އޮތެވެ. އޭގެ ތެރެއިން އެއް ފިލްމާކީ އެކްސް ޕްރޮޑަކްޝަންގެ ފިލްމެކެވެ.