ލައިފްސްޓައިލް

ބިލް ގޭޓްސްއަކީ މިހާރު އެންމެ މުއްސަނދި މީހާއެއް ނޫން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ދާދި މިދާކަށް ދުވަހާއި ޖެހެންދެން އޮތީ މައިކްރޯސޮފްޓުގެ ބާނީ ބިލް ގޭޓްސް އެވެ. ނަމަވެސް މިހާރު އޭނާ ވަނީ އެ ލިސްޓުގެ ދެ ވަނަ އަށް ވެއްޓިފަ އެވެ.

ފޯބްސް މެގަޒިން އިން ތައްޔާރުކުރާ ދުނިޔޭގެ ބިލިއަނަރުންގެ އެ ލިސްޓުގެ އެއް ވަނަ އަތުލައިގަތީ އެމޭޒަން ކުންފުނީގެ ސީއީއޯ ޖެފް ބެޒޯސް އެވެ. އެއީ 104 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއަކާއެކު އެވެ. މިއީ ދުނިޔޭގައި މިހާތަނަށް އެކަކަށް މިހާ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރުވެސްމެ އެވެ.

އެމޭޒަން ކުންފުނީގައި ބެޒޯސްގެ 17 އިންސައްތަ ހިއްސާ އޮވެ އެވެ. އަދޮި 2013 ވަނަ އަހަރު އޭނާ ވަނީ 250 މިލިއަން ޑޮލަަރަށް އެމެރިކާގެ ދުވަހު ނޫސް ވޯޝިންގްޓަން ޕޯސްޓު ގަނެފަ އެވެ. ބެޒޯސް އަމިއްލަ ޖައްވީ އުޅަނދުތައް ތައްޔާރުކުރާ ކުންފުންޏެއްވެސް އޮވެ އެވެ. ބްލޫ އޮރިޖިން ކިޔާ އެ ކުންފުންޏަކީ ޖައްވަށް ދަތުރުތައްވެސް ކުރާ ކުންފުންޏެކެވެ.

މައިކޮރޯސޮފްޓް ކުންފުނި 1975 ވަނަ އަހަރު ތައާރަފުކުރި ބިލް ގޭޓްސްގެ މިހާރުގެ އާމްދަނީ އަކީ 94 ބިލިއަން އެމެރިކާ ޑޮލަރެވެ.