ފިނިޕޭޖް

ދަރިންޏަށްޓަކައި ރިތިކް އަލުން ސުޒާންއާ ކައިވެނިކުރަނީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާއި އަންހެނުން ސުޒާން ޚާން ވަނީ އެދެމީހުންގެ 14 އަހަރުވީ ކައިވެނި 2014 ވަނަ އަހަރު ނިމުމަކަށް ގެނެސްފަ އެެވެ.

ދެ ފިރިހެން ކުދިން އެ ކައިވެންޏަށް ލިބިފައި ވަނިކޮށް، އެ ދެމީހުން ކުއްލިއަކަށް ވަކިވާން ނިންމުން ވެގެން ދިޔައީ އެމީހުންގެ ފޭނުންނަށާއި މުޅި ބޮލީވުޑަށް ވެސް ސިއްސުވާލި ވަރިޔަކަށެވެ.

ވަރިވިފަހުން ރިތިކާއި ސުޒާން ވަނީ އެ ދެމީހުން އެންމެ ބޮޑު އިސްކަމެއް ދެނީ ދެ ދަރިންނަށް ކަމަށާއި ދަރިންގެ ކޮންމެ ކަމެއްގައި ދެމީހުންގެ އެކުގައި އުޅޭނެ ކަމަށެވެ. އެގޮތުން ވަރިވިފަހުން ވެސް އެކުގައި ދަރިންނާ އެކު ޗުއްޓީ ހޭދަކުރުމާއި ދަރިންގެ ސްކޫލު ހަފްލާތަކުން ރިތިކާއި ސުޒާން އެކުގައި ފެނެ އެވެ.

މިފަހަކަށް އައިސް ރިތިކާއި ސުޒާން ދަރިންނާ އެކު އެކުގައި ފެންނަލެއް ގިނަވެފައިވާއިރު، އެ ދެމީހުން އަލުން ކައިވެނިކުރަން އުޅޭ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

އާ އަހަރު ވެސް ދަރިންނާ އެކު ރިތިކާ ސުޒާން ވަނީ އެކުގައި ފާހަގަކޮށްފަ އެވެ. އަދި ރިތިކްގެ ގާތްފަރާތަކުން ބުނެފައިވާ ކަމަށް ބޮލީވުޑްގެ ނޫސްތަކުގައިވާ ގޮތުން ރިތިކް ވަނީ ދަރިންނަށްޓަަކައި އަލުން ސުޒާންއާ ކައިވެނިކުރަން ނިންމާފަ އެވެ. ނަމަވެސް މިއީ ތެދު ހަބަރެއް ކަން އަދި މިހާތަނަށް ރިތިކް ވެސް ސުޒާން ވެސް ޔަގީންކޮށެއްނުދެ އެވެ.

ބުނެވޭ ގޮތުގައި ސުޒާން އާއި ރިތިކްގެ ކައިވެނި ނިމުމަކަށް އައީ ރިތިކް އާއި ބަތަލާ ކަންގަނާ ރަނާވަތުގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން ފަޅާއެރުމުންނެވެ.