ކޯސްޓް ގާޑް

ރާއްޖެ ސަރަހައްދުން ލަންކާގެ މަސް ބޯޓެއް ހިފަހައްޓައިފި

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ މަސް ބޯޓެއް ކޯސްޓުގާޑުން ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އަވަށްޓެރި ސްރީލަންކާގެ އެ މަސް ބޯޓު ހިފެހެއްޓީ ހއ. ތުރާކުނާއި 42 މޭލު ދުރުން ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ.

މިއަދު ހެނދުނު 7:35 އެހާކަންހާއިރު އެ ބޯޓް ހިފެހެއްޓިއިރު އޭގައި ސްރީލަންކާގެ ހަ މަސްވެރިޔަކު ވެސް ތިއްބެވެ.

ބޯޓު ހިފެހެއްޓުމަށްފަހު މިހާރު އޮތީ ކޯސްޓުގާޑުގެ ބެލުމުގެ ދަށުގައެވެ. މިއަދު މެންދުރުގެ ވަގުތެއްގައި އެ ބޯޓު ހއ. އަތޮޅަށް ވައްދާނެ އެވެ.

ލަންކާގެ ބަސް ބޯޓެއް ރާއްޖެ ސަރަހައްދުން ހިފަހައްޓާފައިވާއިރު މިދިޔަ ހަފުތާގައި ޝީޝެލްސްގެ މަސް ބޯޓެއް ވެސް ރާއްޖެ ސަރަހައްދުން ހިފަހައްޓާފައިވެ އެވެ. އަދި ދާދިފަހުން ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ދެ ބޯޓެއް ވެސް ރާއްޖެ ސަރަހައްދުން ވަނީ އަތުލައިގެންފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ސަރަހައްދުގައި އިންޖީނު ހުއްޓި ހާލުގައި ޖެހިފައިވާ ބައް މަސް ބޯޓްތައް ވެސް ފެނިފައި ވެއެވެ. ސްރީލަންކާގެ މަސް ބޯޓް ފަހަރު ރާއްޖެ ސަރަހައްދަށް ވަނުމަކީ ފަހަކަށް އައިސް ވަރަށް ގިނަވެފައިވާ މައްސަލައެކެވެ.