ފިނިޕޭޖް

40 ޕްލަސްގެ ޝޫޓިން ނިންމާލައިފި

މިދިޔަ އަހަރު ނިކުތް ކާމިޔާބު ކޮމެޑީ ފިލްމު "ނޯޓީ 40" ގެ ދެ ވަނަ ބައި "40 ޕްލަސް" ގެ ޝޫޓިން ނިންމާލާފައި ފިލްމުގެ ކްރޫ މިއަދު މާލެ އަތުވެއްޖެ އެވެ. ތ. ބުރުނީގައި ޝޫޓިން ކުރިއަށް ދިޔަ މި ފިލްމުގެ ޝޫޓިން ފަށާފައި ވަނީ މިދިޔަ މަހު 22 ގަ އެވެ.

ފިލްމުގެ ޕްރޮޑިއުސާ އިސްމާއިލް ޝަފީގު ބުނީ "ނޯޓީ 40 ބެލި ފަރާތްތަަކަށް މި ފިލްމު 2 ގުނަ މަޖާވާނެ." ކަމަށެވެ. އޭނާ ބުނީ ފިލްމު ބެލުންތެރިންނާ ހަމައަށް ރޯދަައިގެ ފަހުން އޮގަސްޓު މަހުގެ ތެރޭގައި ގެނެސްދޭނެ ކަމަށެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ސްކްރިޕްޓަކަށް ލިޔެފައިވާ މި ފިލްމު ޑައިރެކްޓް ކުރަނީވެސް ޔޫއްޕެ އެވެ.

ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ ހަތަރު ތަރިންވެސް ފެނިގެންދާނެ އެވެ.

މި ފިލްމުގައި ގިނަ ސްޓަންޓް މަންޒަރުތަކެއް ހިމެނޭނެ އެވެ. އެމަންޒަރުތައް ނަގާފައިވަނީ ސީޒަންގެ ބެލުމުގެ ދަށުންނެވެ. ޓެކްނިކަލް އާޓް ޑައިރެކްޓަރަކީ މަނިކު އެވެ. އަދި މޭކަޕް ކޮށްދީފައި ވަނީ ޝިޒޫ އެވެ.