ލައިފްސްޓައިލް

ވިޓަމިން ސީ މުހިންމު ވަނީ ކީއްވެ؟

ވިޓަމިން ސީ ގެ މާއްދާތަކުން ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭކަން ގިނަ މީހުނަށް މިހާރު އެނގޭނެ އެވެ. އަނެއްކާ ހަނދާން އާކޮށްލުމަށް މީގެން ލިބޭ ފައިދާތަކަށް ބަލާލުން ކިހިނެއް ވާނެތޯ އެވެ.

ހުމާއި ރޯގާ އަދި ސްޓްރެސް އާއި ހަނގުރާމަ ކުރާ މީހުނަށް ވިޓަމް ސީ އަކީ ރަން ގަނޑެކެވެ. އެކަމަކު މިކަމަށް ވުރެ އެންމެ ގިނަ ބަޔަކު ވިޓަމިން ސީ ބޭނުންކުރަން ބޭނުންވަނީ އޭގެން މީހާގެ ހަންގަނޑަށް ގެނުއިވައިދޭ ރީތި ކަމުގެ ސަބަބުންނެވެ.

ވަށައިގެންވާ މާހައުލުގެ ސަބަބުން މީހާގެ ހަންގަނޑަށް އަންނަ ނޭދެވޭ ބަދަލުތަކުން ހަންގަނޑު ސަލާމަތްކޮށްދޭ މި މާއްދާ އިން މީހާގެ ހަންގަނޑު ކުރަކިވުމާއި ހަންގަނޑު އެދުންފަދަ ކަންކަމުން ދުރުކޮށްދެ އެވެ. ހަންގަނޑުގައި މަރުވެފައި ހުންނަ ސެލްތައް ދުއްވާލައި ހަނގަނޑު އޮމާންވުމަށް އެހީތެރިވެދެ އެވެ.

ހަންގަނޑާއި މެދު ކަންބޮޑުވާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވާނީ ހަށިގަނޑުގައި ރޫ ޖެހުން ކަމާއިމެދު ޝައްކެތް ނެތެވެ. އެ ފަރާތްތަކަށް މީ މުހިންމު މާއްދާއެކެވެ. މި މާއްދާއިން ހަންގަނޑުގައި އަވަހަށް ރޫޖެހުމުން ދުރުކޮށްދީ ހަންގަނޑު ގިނަ ދުވަހު އޮމާންކޮށް ބަހައްޓައިދޭނެ އެވެ.

ވިޓަމިން ސީ ގެ މާއްދާތައް ހިމެނޭ ޕްރޮޑަކްޓުތައް ހޯދާއިރު ހަންގަނޑާއި އެންމެ ގުޅޭ މާއްދާތަކުގެ ޕްރޮޑަކްޓުތައް ބޭނުންކުރުމުގައި ސަމާލުވާންޖެހޭނެ އެވެ. އެގޮތުން އެލް އެސްކޯބިކް އެސިޑް، ސޯޑިއަމް އެސްކޯބިލް ފޮސްފޭޓް، އެސްކޯބިލް ފަލްމިޓޭޓް އަދި ރެޓްނީލް އެސްކޯބޭޓް ފަދަ ވިޓަމިން ސީގެ މާއްދާތައް ހިމެނޭ ޕްރޮޑަކްޓުތަކަކީ ހަންގަނޑަށް އެންމެ ރަނގަޅު ބާވަތްތަކެވެ.

ވިޓަމިން ސީ ގެ މާއްދާ ހުންނަ ޕްރޮޑަކްޓެއް ދެން ފަހަރަކުން ހޯދާއިރު މި މާއްދާތައް އޭގައި ހުރިތޯ ޗެކް ކޮށްލާށެވެ. މަތީގައި ބުނި މާއްދާތަކުން ހަންގަނޑަށް ފައިދާކުރާނެ ކަމާމެދު ޝައްކެތްނެތް ނަމަވެސް މީގެ ތެރެއިން އެންމެ ރަނގަޅު މާއްދާކީ އެލް އެސްކޯބިކް ވިޓަމިން ސީ ގެ މާއްދާ ކަމަށް ސައިންސްވެރިންގެ ހޯދުންތަކުން އެނގެން އެބަހުއްޓެވެ.

ވިޓަމިން ސީ ގިނަ އިން ބޭނުންކުރުމުން ހަންގަނޑުން ބަދަލުތައް ފެންނާނެކަން ޔަގީނެވެ. ނަމަވެސް އެނގެންޖެހޭ ހަގީގަތަކީ އެއްފަހަރާ އަވަހަށް ނަތީޖާ ހޯދަންވިޔަސް ކިތަންމެ ގިނަ ވިޓަމިން ސީ އެއް ބޭނުންކުރިޔަސް އެ ނަތީޖާ ނުފެންނާނެ ކަމެވެ. އެއީ އެވްރެޖްކޮށް ހަށިގަނޑުން އެބްޒޯބް ކުރާނީ 20 އިންސައްތައިގެ ވިޓަމިން ސީ ގެ މާއްދާތަކަށް ވުމުންނެވެ.

ނުސާފު ވައިންނާއި އިރުގެ ދޯދިތަކުން ހަންގަނޑު ސަލާމަތްކޮށްދިނުމަށް މަޝްހޫރުވެފައިވާ މި މާއްދާ ބޭނުންކުރަން އެންމެ ރަނގަޅީ ހެނދުނު ހޭލައިގެންނާއި ރޭގަނޑު ނިދުމުގެ ކުރިންނެވެ.