ފިނިޕޭޖް

24 ވަަނަ ސެގްސް އެވޯޑްސްގެ އުސްއަލިތައް

އެނުއަލް ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސް (ސެގްސް) ގެ 24 ވަނަ އެވޯޑް ހަފްލާ އޮތީ ލޮސް އެންޖަލަސް ގެ ޝްރައިން އެކްސްޕޮޒިޝަން ސެންޓާގަ އެވެ. އެމެރިކާގެ ޑްރާމާ ސީޒީޒް އަދި ފިލްމުތަކަށް ދޭ މި އެވޯޑު ވެގެން ގޮސްފައިވަނީ ފަންނާނުންނަށް ކާމިޔާބު ހަފްލާއަކަށެވެ.

އެންމެ މޮޅު މޯޝަން ފިލްމު ކާސްޓަކަށް ހޮވުނީ "ތްރީ ބިލް ބޯޑްސް އައުޓް ސައިޑް އެބިން، މައިސޫރީ" އެވެ. އެމީ އެވޯޑު ހޯދީ "ދަ ހޭންޑްމެއިޑްސް ޓޭލް" އާއި ވާދަކޮށް ސީރީޒްގެ ބައިން އެންމެ މޮޅު ޑްރާމާ ސީރީޒް ކާސްޓަށް ހޮވުނީ "ދިސް އިޒް އަސް" އެވެ. މީގެ އިތުރުން މިދިޔަ އަހަރު އެމީ އެވޯޑު ކާމިޔާބުކުރި "ވީޕް" ވަނީ އެންމެ މޮޅު ކޮމެޑީ ޑްރާމާ ސީރީޒް ކާސްޓްގެ އެވޯޑް ހޯދާފަ އެވެ.

ކްރިސްޓެން ބެލް ހޮސްޓުކުރި ހަފްލާގައި ވެސް މިހާރު ހޮލީވުޑްގައި ޖިންސީ ފުރައްސާރަ އާއި ދެކޮޅަށް ކުރިއަށް ގެންދާ ކެމްޕެއިންގެ ހަރަކާތްތަކެއް ވެސް ކުރިއަށް ދިޔަ އެވެ. މިފަހަަރު އެވޯޑްގައި ތަފާތު 15 ކެޓަގަރީއަކުން އެވޯޑުތައް ދީފައިވެ އެވެ.

ފިލްމުތަކުގެ ކެޓަގަރީން އެވޯޑް ކާމިޔާބުކުރި ފަރާތްތައް


* އެންމެ މޮޅު މޯޝަން ފިލްމު ކާސްޓް: ތްރީ ބިލް ބޯޑްސް އައުޓް ސައިޑް އެބިން، މައިސޫރީ
* އެންމެ މޮޅު އަންހެން އެކްޓާ އިން ލީޑިން ރޯލް: ފްރާންސެސް މެކްޑޯމަން / ތްރީ ބިލް ބޯޑްސް އައުޓް ސައިޑް އެބިން، މައިސޫރީ
* އެންމެ މޮޅު ފިރިހެން އެކްޓާ އިން ލީޑިން ރޯލް: ގެރީ އޯލްޑްމެން / ޑާކެސްޓް އަވާ
* އެންމެ މޮޅު އަންހެން އެކްޓާ އިން ސަޕޯޓިން ރޯލް: އެލިސަން ޖެނީ / އައި، ޓޮންޔާ
* އެންމެ މޮޅު ފިރިހެން އެކްޓާ އިން ސަޕޯޓިން ރޯލް: ސޭމް ރޮކްވެލް / ތްރީ ބިލް ބޯޑްސް އައުޓް ސައިޑް އެބިން، މައިސޫރީ
* އެންމެ މޮޅު މޯޝަން ފިލްމު އެކްޝަން ޕާފޯމަންސް ކާސްޓް: ވޯންޑަ ވުމަން

ސީރީޒްތަކުގެ ކެޓަގަރީގެ އެވޯޑްތައް


* އެންމެ މޮޅު މޯޝަން ޓީވީ ސީރީޒް ކާސްޓް: ދިސް އިޒް އަސް
* އެންމެ މޮޅު އަންހެން އެކްޓާ: ކްލެއާ ފޯއީ / ދަ ކްރައުން
* އެންމެ މޮޅު ފިރިހެން އެކްޓާ: ސްޓާލިން ކޭ ބްރައުން / ދިސް އިޒް އަސް
* އެންމެ މޮޅު ކޮމެޑީ ސީރީޒް ކާސްޓް: ވީޕް
* އެންމެ މޮޅު އަންހެން އެކްޓާ އިން ކޮމެޑީ ސީރީޒް: ޖޫލިއާ ލޫއީ ޑްރައިފުސް / ވީޕް
* އެންމެ މޮޅު ފިރިހެން އެކްޓާ އިން ކޮމެޑީ ސީރީޒް: ވިލިއަމް އެޗް. މެކޭއި/ ޝޭމްލެސް
* އެންމެ މޮޅު އަންހެން އެކްޓާ އިން ޓެލެވިޒަން މޫވީ އޯ ލިމިޓެޑް ސީރީޒް: ނިކޯލް ކިޑްމަން / ބިގް ލިޓުލް ލައިސް
* އެންމެ މޮޅު ފިރިހެން އެކްޓާ އިން ޓެލެވިޒަން މޫވީ އޯ ލިމިޓެޑް ސީރީޒް: އެލެކްސްޒެންޑާ ސްކާސްގާޑް / ބިގް ލިޓުލް ލައިސް
* އެންމެ މޮޅު އެކްޝަން ޕާފޯމަންސް ކާސްޓް އިން ކޮމެޑީ ނުވަތަ ޑްރާމާ ސީރީޒް: ގޭމް އޮފް ތްރޯންސް