ލައިފްސްޓައިލް

"ނޯޓް" މޭކަޕް ބްރޭންޑް ނިއު އެޑިޝަނަށް!

"ނިއު އެޑިޝަން" ފިހާރައިގެ ފަރާތުން ތުރުކީގެ މަޝްހޫރު ލަގްޒަރީ ކޮސްމެޓިކްސް ބްރޭންޑެއް ކަމަށްވާ "ނޯޓް" ގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ރޭ އެ ފިހާރާގައި ބޭއްވި ހާއްސަ ހަފްލާއެއްގަ މި ބްރޭންޑް ލޯންޗު ކޮށްދެއްވީ ނޯޓްގެ އިންޓަނޭޝަނަލް ސޭލްސް މެނޭޖަރު ސިހާން ބޭރަކްތަރް އާއި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އަދި މެޑޮލްއެއް ކަމަށްވާ ޔުމްލީ ޖަލީލް އެވެ.

ނޯޓް ކޮސްމެޓިކްސްގެ އުފެއްދުންތަކަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް ތަކާއި އެއް ފެންވަރެއްގެ އުފެއްދުންތަކެކެވެ. ނިއު އެޑިޝަން އިން ބުނީ މި ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފުކުރީ ހައި ކޮލިޓީގެ ޕްރޮޑަކްޓުތަކެއް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ހަލާލް ސެޓްފިކެޓްގެ ދަށުން އުފައްދާފައިވާ މި ޕްރޮޑަކްޓުތަކުގައި އެއްވެސް މިންވަރަކަށް އެސިޑް އަދި އަލްކަހޯލް އެކުލެވިގެނެއް ނުވެ އެވެ. މި ހުރިހާ ޕްރޮޑަކްޓުތަކުގައި ބޭނުން ކޮށްފައިވާ ރޯ މެޓީރިއަލަކީ ވެސް ވިޓަމިންސް، މިނެރަލް އަދި ހަމަށް ފައިދާހުރި މާއްދާތައް އެކުލެވޭ އެއްޗެހި ކަމަށް ނިއު އެޑިޝަނުން ބުނެ އެވެ.

ނޯޓް ބްރޭންޑްގެ ބައެއް މޭކަޕް ސާމާނުގެ ތެރޭގައި ތާފާތު ވައްތަރުތަކުގެ ފައުންޑޭޝަނާއި ކޮންސީލަ، ލިޕްސިޓިކް، އައިލައިނާ އަދި އައިޝެޑޯ ފަދަ ސާމާނުތައް ހިމެނެ އެވެ.

ރޭގެ ހަފްލާގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ރާއްޖޭގެ މަޝްހޫރު ފަންނާނުން ވެސް ބައިވެރިވި އިރު ހަބޭސް ބޮޑުބެރު ގުރޫޕުގެ ހާއްސަ ހުށަހެޅުތަކެއްވެސް ފެނިގެންދިޔަ އެވެ.