ހަބަރު

ވީއައިއޭ އިން ކަރަންޓު ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކަރަންޓު ކެނޑިއްޖެ އެވެ.

ވީއައިއޭއިން ކަރަންޓު ކެނޑިފައި ވަނީ މިރޭ 11:30 ހާއިރު އެވެ. އެގޮތުން އެއާޕޯޓުގެ ހުރި އެމަޖަންސީ ލައިޓުތައް ދިއްލާފައިވާ ސަރަހައްދުތައް ފިޔަވާ އެހެން ހުރިހާ ތަނެއް އޮތީ އަނދިރީގަ އެވެ. އަދި ކަރަންޓު ކެނޑިފައިވާ އިރު ދެ ފްލައިޓެއް ފުރަން ވަނީ ތައްޔާރުވެފަ އެވެ. އަދި ދާދި ދެންމެއަކު ވެސް ވަނީ އިތުރު ފްލައިޓެއް އެއާޕޯޓުގައި ޖައްސާފަ އެވެ.

އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އަދި ކަރަންޓު ކެނޑެން ދިމާވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ.