ހޮލީވުޑްގައި ދޭ އެންމެ ގިނަ ދުވަސްވީ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ އޮސްކާ އެވޯޑުގެ މި އަހަރު ނޮމިނޭޝަތައް އިއުލާނުކޮށްފި އެވެ. އޮސްކާ އެވޯޑް ދޭތާ މިއަހަރަށް 90 އަހަރު ވާނެ އެވެ.
މިފަހަރު އެންމެ ގިނަ ނޮމިނޭޝަންތަކަށް ހޮވިފައިވަނީ "ދަ ޝޭޕް އޮފް ވޯޓާ" ފިލްމެވެ. އެކި ފިލްމްތައް ޖުމަލް 24 ކެޓަގަރީއަކުން ނޮމިނޭޓް ވެފައިވާއިރު، އެ ފިލްމު ވަނީ 13 ކެޓަގަރީއަކުން ނޮމިނޭޓްވެފަ އެވެ.
ނޮމިނޭޝަންތައް އިއުލާނުކުރުމަށް އެކަޑަމީސް ސެމިއުލް ގޯލްޑްވީ ތިއޭޓާގައި ރޭގައި އޮތް ހާއްސަ ހަފްލާގައި ނަންތައް އިއުލާނު ކޮށްދެއްވީ އޮސްކާ އެކަޑަމީގެ ރައީސް ޖޯން ބެއިލޭއާއެކު ޓިފްނީ ހޭޑިޝް، އަދި އޭންޑީ ސާކިސް އެވެ.
މިފަހަރުގެ އެވޯޑު ހަފްލާ ހޮސްޓް ކުރާނީ ޖިމީ ކެމިލް އެވެ. އޭބީސީ އިން ދައްކަން ހަމަޖެހިފައިވާ މި އެވޯޑު ހަފްލާ އޮންނާނީ މި އަންނަ މާޗު މަހު ހަތަރެއްގަ އެެވެ.
ރޭގެ ނޮމިނޭޝަންތައް އިއުލާން ކުރުމުގައި ހޮލީވުޑްގެ ބައެއް މަޝްހޫރު އަންހެން ތަރިން ބައިވެރިވި އެވެ. އެގޮތުން ކޮންމެ ކެޓަގަރީއަކުން ނޮމިނޭޝަން އިއުލާނު ކުރުމުން ފަހަރަކު ތަރި އެއް އެ ކެޓަގަރީގެ މުހިންމު ކަމާއި ބެހޭގޮތުން ވާހަކަ ދައްކާ އެ މީހުން ކުރާ ބުރަ މަސައްކަތް އަގުވަޒަން ކޮށްފައިވެ އެވެ.
އެ ހަފްލާގައި ބައިވެރިވި ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ އާއި ގާލް ގެޑޮޓް އާއި މިޝޭލީ ރޮޑްރިގޭޒް އާއި ސަލްމާ ހަޔަކް އާއި ރޮޒާރިއޯ ޑައުސަން، ޒޯއީ ސެލްޑޭނާ، މޯލީ ޝެނޮން، ރެބެލް ވިލްސަން އަދި މިޝޭލީ ޔޯއީ ހިމެނެ އެވެ.
ފާހަގަކޮށްލެވޭ ނޮމިނޭޝަންތައް
ބެސްޓް ޕިކްޗާ:
* ކޯލް މީ ބައި ޔޫއާ ނޭމް
* ޑާކެސްޓް އަވާ
* ޑަންކާކް
* ގެޓް އައުޓް
* ލޭޑީ ބާޑް
* ފެންޓަމް ތްރެޑް
* ދަ ޕޯސްޓް
* ދަ ޝޭޕް އޮފް ވޯޓާ
* ތްރީ ބިލް ބޯޑްސް އައުޓްސައިޑް އެ ބިންގް، މައިސޫރީ
ބެސްޓް ޑައިރެކްޓާ:
* ކްރިސްޓޮފާ ނޯލަން - ޑަންކާކް
* ޖޯޑަން ޕީލް - ގެޓް އައުޓް
* ގްރެޓާ ގާވިގް - ލޭޑީ ބާޑް
* ފޯލް ތޯމަސް އެންޑަސަން - ފެންޓަމް ތްރެޑް
* ގިލިއަރްމޯ ދެލް ތޯރޯ - ދަ ޝޭޕް އޮފް ވޯޓާ
ބެސްޓް އެކްޓްރެސް:
* ސެލީ ހޯކިންސް - ދަ ޝޭޕް އޮފް ވޯޓާ
* ފްރެންސިސް މެކްޑޯމަން - ތްރީ ބިލް ބޯޑްސް އައުޓްސައިޑް އެ ބިންގް، މައިސޫރީ
* މާގޮޓް ރޯބީ - އައި، ޓޮންޔާ
* ސާސޯ ރޯނަން - ލޭޑީ ބާޑް
* މާލީ ސްޓްރީޕް - ދަ ޕޯސްޓް
ބެސްޓް އެކްޓާ:
* ޓިމޯތީ ޗަލަމެޓް - ކޯލް މީ ބައި ޔޫއާ ނޭމް
* ޑެނިއެލް ޑޭލެވިސް - ފެންޓަމް ތްރެޑް
* ޑިނިއަލް ކަލުއްޔާ - ގެޓް އަައުޓް
* ގެރީ އޯލްޑްމެން - ޑާކެސްޓް އަވާ
* ޑެންޒެލް ވޯޝިންގްޓަން - ރޯމަން ޖޭ. އިސްރޭލް، އީސަގް
ބެސްޓް ސަޕޯޓިން އެކްޓްރެސް:
* މެރީ ޖޭ ބްލިގް - ކޯލް މީ ބައި ޔޫއާ ނޭމް
* ލެސްލީ މެންވިލް - ފެންޓަމް ތްރެޑް
* އެލިސަން ޖޭނީ - އައި، ޓޮންޔާ
* ލޯރީ މެޓްކަލްފް - ލޭޑީ ބާޑް
* އޮކްޓޭވިއާ ސްޕެންސާ - ދަ ޝޭޕް އޮފް ވޯޓާރ
ބެސްޓް ސަޕޯޓިން އެކްޓާ:
* ވިލެމް ޑެފޯ - ދަ ފްލޯރިޑާ ޕްރޮޖެކްޓް
* ވުޑީ ހެރެލްސަން - ތްރީ ބިލް ބޯޑްސް އައުޓްސައިޑް އެ ބިންގް، މައިސޫރީ
* ރިޗާޑް ޖެންކިންސް - ދަ ޝޭޕް އޮފް ވޯޓާރ
* ކްރިސްޓޮފާ ޕްލުމާ - އޯލް ދަ މަނީ އިންދަ ވޯލްޑް
* ސޭމް ރޮކްވެލް - ތްރީ ބިލް ބޯޑްސް އައުޓްސައިޑް އެ ބިންގް، މައިސޫރީ
ބެސްޓް އޮރިޖިނަލް ސްކްރީން ޕްލޭ:
* ދަ ބިގް ސިކް
* ގެޓް އައުޓް
* ލޭޑީ ބާޑް
* ދަ ޝޭޕް އޮފް ވޯޓާރ
* ތްރީ ބިލް ބޯޑްސް އައުޓްސައިޑް އެ ބިންގް، މައިސޫރީ
ބެސްޓް ފޮރިންގް ލޭންގުއޭޖް ފިލްމް:
* އަ ފެންޓާސްޓިކް ވުމަން (ޗިލީ)
* ދަ އިންސަލްޓް (ލެބަނަން)
* ލަވްލެސް (ރަޝިއާ)
* އޮން ބޮޑީ އެންޑް ސޯލް (ހަންގޭރީ)
* ދަ ސްކޮޔާ (ސްވިޑެން)
ބެސްޓް އެނިމޭޓެޑް ފީޗާ:
* ދަ ބޮސް ބޭބީ
* ދަ ބްރެޑްވިނާ
* ކޯކޯ
* ފާޑިނެންޑް
* ލަވިންގް ވިންސެންޓް
ބެސްޓް އޮރިޖިނަލް ސޯންގް:
* މައިޓީ ރިވާ - މަޑްބައުންޑް
* ދަ މިސްޓްރީ އޮފް ލަވް - ކޯލް މީ ބައި ޔުއާ ނޭމް
* ރިމެމްބާ މީ - ކޯކޯ
* ސްޓޭންޑް އަޕް ފޯ ސަމްތިންގް - މާޝަލް
* ދިސް އިޒް މީ - ދަ ގްރޭޓެސްޓް ޝޯ މޭން