ވިޔަފާރި

ދިރާގު ޕޭއާއެކު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އުފަލުން

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ކެފެޓީރިއާގައި ދިރާގު ޕޭގެ ހިދުމަތް ތައާރަފުކޮށް، ފަސޭހަ ކޮށްދީފި އެވެ.

ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. މިއަދު މި ތައާރަފް ކުރެވުނު ހިދުމަތާއެކު ގިޔާސުއްދީން ސްކޫލުގެ ދަރވަރުންނަށް ކޭޝް ނުލައި މޯބައިލް ފޯނުގެ ހިދުމަތުން ކެފެޓީރިޔާއިން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގެ ފަސޭހަކަން މަގުފަހިވެގެންދާނެ އެވެ. މި ހިދުމަތަކީ ނިއާ ފީލްޑް ކޮމިނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެ ހިދުމަތެކެވެ.

ދަރިވަރުންގެ އިންޓަވަލަށާއި ލަންޗަށް ކޮންމެ ދުވަހަކުވެސް ފައިސާދޭން ހަނދާންބެހެއްޓުމަކީ ކެފެޓީރިއާ އިން އިންޓަވަލް ހަމަޖައްސާ ދަރިވަރުންގެ މައިންބަފަ އިން ހަނދާން ބަހައްޓަން ޖެހޭ ކަމެކެވެ. ހަނދާންނެތިގެން ވެސް ފައިސާ ހަވާލުނުވާ ދުވަހަކު ދަރިފުޅަށް އިންޓަވަލް ނުލިބިދާނެ އެވެ. ނަމަވެސް އިންޓަވަލަށް ފައިސާ ނުގެންގޮސް ވާނެ މާ ފަސޭހަގޮތެއް މިއަދު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ދިރާގާއި ގުޅިގެން މިވަނީ ތައާރަފުކޮށްފަ އެވެ.

ގިޔާސުއްދީން ސްކޫލްގައި މި ހިދުމަތް ބޭނުންކުރަން ދަރިވަރުން ބޭނުން ކުރަން ޖެހޭނީ އެންއެފްސީ ސްޓިކާ އެކެވެ ނުވަތަ މޯބައިން ނަންބަރަކާއި ޕިން ނަންބަރެކެވެ. ނަމަވެސް ދިރާގު ޕޭ ނުވަތަ ޑިޖިޓަލް ވޮލެޓް މެނޭޖްކުރާނީ ބެލެނިވެރިންނެވެ. އެހެނަ ކަމުން މި ހިދުމަތުގެ ސަބަބުން ބެލެނިވެރިންނަށް ފަސޭހަކަމާއެކު ކުދިންގެ އިންޓަވަލް ހަރަދު މެނޭޖްކޮށް މޮނިޓާކުރެވޭނެ އެވެ. އަދި ދަރިވަރުންގެ ޓަރާސެކްޝަންތައް ވަގުތުން ވަގުތަށް ދިރާގު ޕޭއެޕް މެދުވެރިކޮށް ބެލެނިވެރިޔާ އަށް ބަލާލެވޭނެވެ. އަދި ޓްރާންސެކްޝަނެއް ހިނގާ ކޮންމެ ފަހަރަކު ބެލެނިވެރިޔާގެ ފޯނަށް އެސްއެމްއެސް އެއްވެސް ދާނެ އެވެ. އަދި އެކައުންޓަކުން ފައިސާ ހުސްވެއްޖެނަމަ ދިރާގު ޕޭއެޕް މެދުވެރިކޮށް ފައިސާ އެޅުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވެ އެވެ.

ދިރާގު-ޕޭގެ ހިދުމަތް ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ އަދި މި ހިދުމަތް މިހާރު މުޅިރާއްޖެއަށް ލިބެ އެވެ.