ކާނާ

ޖިމަށް ދާ މީހުނަށް އޮކްސިޖަންގެ ހާއްސަ މެނޫއެއް

ޖިމަށް ދާ މީހުނަށް ހާއްސަކޮށްގެން އޮކްސިޖަން ކެފޭ އިން ހާއްސަ މެނޫއެއް ތައާރަފުކޮށްފި އެވެ.

މި މެނޫއަކީ މާލޭގެ މަޝްހޫރު ޖިމެއް ކަމަށްވާ "ދަ ހެމާ" އާއި ގުޅިގެން އެ ކެފޭއިން ތައްޔާރު ކޮށްފައިވާ މެނޫ އެކެވެ.

ބްރެކްފާސްޓާއި ލަންޗާއި ޑިނާ އަދި ޑެޒާޓެއް ހިމެނޭގޮތައް ތައްޔާރު ކޮށްފައިވާ މި މެނޫގައި ޖުމްލަ 12 ވައްތަރެއްގެ ސިއްހީ ކާނާ ހިމެނެ އެވެ.

އޮކްސިޖަން އިން ބުނީ އެ މެނޫގައި ހިމަނާފައިވާ ހުރިހާ ކާނާއެއްގެ އަގުތައް ވެސް ކަނޑައަޅާފައި ހުންނާނީ ތަފާތު ހެޔޮ އަގުތަކެއްގައި ކަމަށެވެ.

ޖިމަށްދާ މީހުންގެ މެނޫގައި ބްރެކްފާސްޓަށް ބޮއިލްޑް އަދި ސްކްރޭބްލެޑް އެގްސް އާއި ލޯ ކާބްސް ކާނާ އާއި ބްރައުން ބްރެޑްގެ އިތުރުން ޕީނަޓް ބަޓަރުފަދަ ކާނާ ލިބެން ހުންނާނެ އެވެ. ލަންޗު އަދި ޑިނާއަށް ގްރިލްޑް ޗިކަން އަދި ފިޝް އާއި ބީފް ސްޓިކް އާއި ބްރައުން ބްރެޑް ސޭންޑްވިޗްގެ އިތުރުން ބޮއިލްޑް ޗިކަން ސްޓީމް ރައިސް ފަދަ ކާނާގެ ލިބޭނެ އެވެ.

ޑެޒާޓެއްގެ ގޮތުގައި މި މެނޫގައި ހިމަނާފައިވަނީ ސީސަނަލް ފްރުޓް ސެލެޑެކެވެ.