ކުޅިވަރު

ވޯލްޑް ކަޕް ތަށީގެ ޓްވާއަށް މަހުރަބާ ދެންނެވީ ފަސްޓް ލޭޑީ

ފީފާ ވޯލްޑް ކަޕް ތަށި ހިފައިގެން ރާއްޖެ އައި ވަފުދަށް ވެލާނާ އިންޓަނޭޝެނަލް އެއާޕޯޓުން ރާއްޖޭގެ ރައީސްގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް މަރުހަބާ ދަންނަވައިފި އެވެ.

ކޮކާ ކޯލާ އަދި ފީފާ ގުޅިގެން ބާއްވާ ވޯލްޑް ކަޕް ޓުއާގެ ދަށުން ރާއްޖެ ގެނެސްފައިވާ ތަށި ކޮކާ ކޯލާގެ ހާއްސަ ފްލައިޓުން ދިވެހި ފަސްގަންޑަށް ބޭލުވީ 1998 ފްރާންސް ގައުމީ ޓީމާއެކު މުބާރާތް ކާމިޔާބުކޮށްފައިވާ ތަރި ކްރިސްތިއަން ކަރެމްބެއު އެވެ.

ތައްޓާއެކު ފަސްޓް ލޭޑީ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ކުޅިވަރުގެ ބައެއް އިސް ބޭފުޅުން ވަނީ ފޮޓޯ ނަންގަވާފަ އެވެ. މި ފޮޓޯގައި ކަރެމްބެއު ވެސް ބައިވެރިވި އެވެ. އަދި ރައީސްގެ ހަގު ދަރިކަލުން ވެސް ބައިވެރިވި އެވެ.

މާދަމާ ހެދުނު 7:00 ފެށިގެން ތަށި ކުޅިވަރު އެކުވެނީ ޓާފް ދަނޑުގައި ހުންނާނެ އެވެ. ޓާފް ދަނޑުގައި އާމުންނަށް ވޯލްޑް ކަޕް ތައްޓާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ކޮކާ ކޯލާއިން ހާއްސަކޮށްފައިވާ ޓިކެޓަކާއެކު ޓާފް ދަނޑަށް ވަޑައިގެން ފޮޓޯ ނަގާލުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބިގެންދާނެ އެވެ.

ހުޅުލެއިން ތަށި ގެންދިއުމަށް ހަޖެހިފައިވަނީ ގަލޮޅު ދަނޑަށެވެ. މާދަމާ ހެދުނު 7:00 ފެށިގެން ތަށި ކުޅިވަރު އެކުވެނީ ޓާފް ދަނޑުގައި ހުންނާނެ އެވެ. ޓާފް ދަނޑުގައި އާމުންނަށް ވޯލްޑް ކަޕް ތައްޓާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ކޮކާ ކޯލާއިން ހާއްސަކޮށްފައިވާ ޓިކެޓަކާއެކު ޓާފް ދަނޑަށް ވަޑައިގެން ފޮޓޯ ނަގާލުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބިގެންދާނެ އެވެ.

ވޯލްޑް ކަޕް ތައްޓާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު ދިނަސް ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ހުށައަޅާ ތަށީގައި އަތްލުމުގެ ފުރުސަތު ލިބިގެންދާނީ ހަމައެކަނި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ.