ސްނެޕްޗެޓަށް ފޯނުގެ ކެމެރާ ރޯލުގައި އިންނަ ފޮޓޯއެއް ލައިފިނަމަ ހުދު ކުލައިގެ ބޯޑަރެއް އެ ފޮޓޯ ވަށައިގެން އިނދެ އެވެ. މީ ގިނަ މީހުން ވަރަށް ފޫހިވާ ކަމެކެވެ.
އެމީހުނަށް އުފާވެރި ހަބަރެކެވެ. ސްނެޕްގެ އާ އަޕްޑޭޓަކާއެކު އެ ހުދު ބޯޑަރެއް ދެން ނީންނާނެ އެވެ. ފޮޓޯ އިންނާނީ ހަމަ ކެމެރާ ރޯލުގައި ފޮޓޯ އިންނަ ގޮތަށް އެއްވެސް ބަދަލެއް ނައިހެވެ.
ނަމަވެސް މިގޮތަށް ފޮޓޯ ލާއިރު ފޮޓޯ ރޮޓޭޓްވާ މައްސަލައަށް މި އަޕްޑޭޓަކުން ވެސް ހައްލެއް ނުލިބޭނެ އެވެ. މި އަޕްޑޭޓް ސްނެޕް އިން ގެނައީ ސްނެޕާއި މިހާރު އެންމެ ގަދައަށް ވާދަކުރާ އިންސްޓަގްރާމާ އެއްފިޔަވަޅު ކުރިއަށް ޖެހިލަން ކަމަށް ވެދާނެ އެވެ.
އިންސްޓަގްރާމް ސްޓޯރީއަށް ކެމެރާ ރޯލުން ފޮޓޯ ލާއިރު ބޯޑަރެއް ނެތަސް ފޮޓޯ ފާޑަކަށް ކްރޮޕް ކޮށްލަ އެެވެ. ފޮޓޯ ފެންނަ އިންނަނީ އޮރިޖިނަލް ފޮޓޯ ވަށައިގެން ހަތަރު ދިމާލުން ކާލާފައި އިންނަ ކަހަލަ ގޮތަކަށެވެ. ސްނެޕްގެ އާ އަޕްޑޭޓުގައި ނަސީބަކުން މިހެނެއް ނުވާނެ އެވެ.
މި އާ އަޕްޑޭޓާއެކު ޗެޓުގެ ބަޔަށްވެސް ކުޑަ ބަދަލެއް އަންނާނެ އެވެ. ޗެޓުން ފޮނުވާ ޓެކްސްޓަކަށް ލޯންގް ޕްރެސް ކޮށްފިނަމަ ސޭވް ޓެކްސްޓުގެ އިތުރަށް ކޮޕީ ޓެކްސްޓް ކިޔާ އޮޕްޝަނެއް ލިބޭނެ އެވެ. މީގެ އިތުރުން އާ އަފްޑޭޓުގައި ގްރޫޕް ޗެޓުގެ ތެރެއިން ރައްޓެހިން ތިބި ތަންތަން ސްނެޕް މެޕް ބޭނުންކޮށްގެން ބަލާލެވޭނެ އެވެ.
އައިއޯއެސް ޑިވައިސްތަކަށް މި އަޕްޑޭޓް މިހާރު ލިބޭނެ އެވެ. އެންޑްރޯއިޑް ޑިވައިސްތަކަށް އަދި މި އަޕްޑޭޓް ނުދެ އެވެ.