- ޑްރައިޕާސްގެ އުފެއްދުންތަކަށް ހާއްސަ
- ޑްރައިޕާސްގެ ޕްރޮމޯޝަން ފަށަނީ މާދަމާ
- ނެޕީގެ އިތުރުން ތަފާތު ޕްރޮޑަކްތައް ހިމެނޭ
![](https://images-01.avas.mv/post/big_xN4CJ98Wh1cUAuQ.jpg)
އޭޑީކޭ- ޖެނެރަލް ޓްރޭޑިންގެ ޕްރޮމޯޝަން ތަފާތެވެ. އެންމެ ފަހުން އެ ކުންފުނިން ގެންދިޔަ ޕްރޮމޯޝަންގައި ދިނީ އެޕާޓްމަންޓެކެވެ. މި ފަހަރު ވެސް އެފަދަ ހާއްސަ އިނާމެކެވެ. އޭޑީކޭ އިން މާދަމާ ފަށާ "ޑްރައިޕާސް ނިއުބޯން" ޕްރޮމޯޝަންގައި ލިބޭނީ ގިފްޓް ޕެކް ތަކެކެވެ.
އޭޑީކޭ އިން ބުނި ގޮތުގައި މި ޕްރޮމޯޝަންގައި އިނާނު ލިބުމުގެ ފުރުސަތު އުފަންވާތާ ތިން މަސް ފުރޭ ކޮންމެ ކުއްޖަކަށް ވެސް އޮންނާނެ އެވެ. އިނާމު ހޯދަން ހަދާނީ ކިހިނެއް ހެއްޔެވެ؟
ދަރިފުޅުގެ އުފަންދުވަހުގެ ސެފްޓްފިކެޓާއި މަންމަ އާއި ބައްޕަގެ އައިޑީ ކާޑު، ހިފައިގެން އޭޑީކޭގެ ފިހާއަކަށް ދިއުމުން މި ހަދިޔާ ޕެކް ލިބޭނެ އެވެ.
ޕްރޮމޯޝަން ކުރިއަށްދާނެ ފިހާރަތައް:
* އޭޑީކޭ ބޭސް ފިހާރަ 2، (އައިޖީއެމްއެޗް ކުރިމަތި)
* އޭޑީކޭ ބޭސް ފިހާރަ 3، (މާލެ ސިޓީގައި ހުރި)
* އޭޑީކޭ ބޭސް ފިހާރަ 10، (ހުޅުމާލެ- ސެންތޯ މޯލް)
* ޖީ ފިހާރަ (މާލެ ސިޓީ)
* އޭޑީކޭ ޖެނެރަލް ޓްރޭޑިން
* އޭޑީކޭ (ކުޅުދުއްފުށީ ފިހާރަ)
އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ޑްރައިޕާސް ނެޕީގެ އެކި ސައިޒުތައް ވިއްކަ އެވެ. މި ބްރޭންޑުގައި ނެޕީގެ އިތުރުން ކުޑަ ދަރިފުޅުގެ ހަންގަޑަށް ފައިދާހުރި އެތަށް އުފެއްދުމެއް ހިމެނެ އެވެ. އުފެއްދުންތަކުގެ ތެރޭގައި ލޯޝަނާއި ޝޭމްޕޫ އަދި ވައިޕްސް ހިމެނެ އެވެ.