ހަބަރު

ކަރަންޓު އަލުން ދީފި

މާލޭ ސިޓީއިން ކަރަންޓު ކެނޑުނު ސަރަހައްދަށް ކަރަންޓު އަލުން ދީފި އެވެ. ކަރަންޓު ކެނޑުނީ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

މާލޭގައި ކަރަންޓުގެ ހިދުމަތްދޭ ސްޓެލްކޯއިން ބުނީ، ޖެނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން މާލޭގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑުނު ކަމަށެވެ.

މިފަހުން ވެސް ވަނީ މާލޭއިން އެތައް ފަހަރަކު ކަރަންޓު ކެނޑިފަ އެވެ. ލޯޑް ބޮޑުވެ މާލެއިން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.