ބޭއަދަބީ ބަސްތަކަކާއެކު ކުޑަކުދިން ތަކެއްގެ ފޮޓޯތަކެއް ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ، ކުޑަކުދިން ތަކެއްގެ ފޮޓޯ ތަކަކާއެކު ބޭއަދަބީ ބަސްތަކެއްލިޔެ ފޭސްބުކު ޕޭޖެއްގައި އާންމު ކުރަމުންދާ މައްސަލަ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.
ފުލުހުން ވަނީ އެޕޭޖާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށްވެސް އެދިފަ އެވެ.
ބޭއަދަބީ ފޮޓޯތަކާއި ބޭއަދަބީ ބަސްތައްލިޔެ ފޭސްބުކްގައި ޕޭޖްތައް ހަދައި ފޮޓޯ އެޅުމަކީ ރާއްޖޭގައި މަދުން ނަމަވެސް ފެންނަމަތި ވަމުންދާ މައްސަލަ ތަކެކެވެ.