ހަބަރު

ބޭއަދަބީކޮށް ކުދިންގެ ފޮޓޯ އާންމުކުރި ޕޭޖު އެފްބީން ދުއްވާލައިފި

ބޭއަދަބީ ބަސްތަކަކާއެކު ކުޑަކުދިން ތަކެއްގެ ފޮޓޯތަކެއް ޖަހާފައިވާ ފޭސްބުކް ޕޭޖެއްގެ މައްސަލައެއް ފެންމަތިވުމާއެކު ދިވެހި ފުލުހުންގެ އެދުމަށ ފޭސްބުކުން އެ ޕޭޖް ޑިލީޓް ކޮށްލައިފި އެވެ.

ފުލުހުން ބުނީ، އެ ޕޭޖް ރެމޫވްކޮށް ދިނުމަށްއެދި ފޭސްބުކުގައި ފުލުހުންގެ އިދާރާއިން އެދުމުން އެފަރާތުން މިރޭ ވަނީ އެ ޕޭޖް ޑިލީޓްކޮށްލާފައި ކަމަށެވެ.

ފުލުހުން ގެންދަނީ އެ ފަދަ ޕޭޖެއް ހަދައިގެން ފޮޓޯ އާންމު ކުރަމުންދާ މައްސަލަ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ.

ބޭއަދަބީ ފޮޓޯތަކާއި ބޭއަދަބީ ބަސްތައްލިޔެ ފޭސްބުކްގައި ޕޭޖްތައް ހަދައި ފޮޓޯ އެޅުމަކީ ރާއްޖޭގައި މަދުން ނަމަވެސް ފެންނަމަތި ވަމުންދާ މައްސަލަ ތަކެކެވެ.