ކުޅިވަރު

"މެސީގެ ހިޔަނީގައި ނޭމާއަށް ކުރިއެރުމެއް ނެތް"

ލިއޮނަލް މެސީގެ ހިޔަނީގައި އުޅެގެން ނޭމާއަށް އިންޑަވިޖުއަލް އެއްވެސް ކާމިޔާބެއް ނުލިބޭނެ ކަމަށް ޕީއެސްޖީގެ މިޑްފީލްޑާ ޑެނީ އަލްވޭސް ބުނެފި އެވެ.

މި ސީޒަންގައި، ނޭމާ ޕީއެސްޖީއަށް ބަދަލުވީ ބާސާގައި މެސީއާއެކު ހަތަރު އަހަރު ވަންދެން ކުޅުމަށް ފަހު އެވެ. ނޭމާ އާއި މެސީ އާއެކު ބާސާއަށް ވެސް ކުޅުނު ޑެނީ އަލްވޭސް ބުނީ އިންޑަވިޖުއަލް ކާމިޔާބު ހޯދަން ބޭނުންނަމަ ނޭމާ ޖެހޭނީ މެސީގެ ހިޔަންޏާ ދުރުގައި އުޅެން ކަމަށެވެ.

"ލިއޯ [މެސީ] އާއެކު ކުޅުމަކީ ވަރަށް ބޮޑު ޝަރަފެއް، ނަމަވެސް އަބަދުވެސް ސުވާލު އުފެދޭނެ އޭނާއާއެކު ކުޅޭއިރު ކޮލިޓީ ތިމަންނަގެ ކިބައި ހުރިތޯ ނުވަތަ ކޮލިޓީ ހުރީ މެސީގެ ކިބައިގައިތޯ." އަލްވޭސް ބުންޏެވެ. "އަހަންނަށް ހީވަނީ އިންޑަވިޖުއަލް އެވޯޑް ހޯދަންޏާ އެކަހަލަ ކުޅުންތެރިޔަކާއެކު ނުކުޅުންކަން ނޭނގެ އެންމެ ރަނގަޅު ގޮތަކަށް ވާނީ."

"ނޭމާގެ އަމިއްލަ ސީނިއާރިޓީއަށް ޓަކައިވެސް އަދި ބްރެޒިލްގެ ޓީމަށް ޓަކައިވެސް ނޭމާއަށް އެންމެ ރަނގަޅު ގޮތަކީ މެސީގެ ހިޔަންޏާ ދުރުގައި ހުރުން."

ބާސާ އަށް ނޭމާ ގެންދިއުމުގައި އަލްވޭސް ވަނީ ދައުރެއް އަދާ ކޮށްފަ އެވެ. ނަމަވެސް އޭނާ ބުނީ ބާސާއަށް ނޭމާ ގެންދިއުމަށް އޭނާ އެކަހަލަ އެއްވެސް ދައުރެއް އަދާ ނުކުރާ ކަމަށެވެ.

"އަހަރެން ބުނިން އޭނާއަށް ބާސާގައި ހުރި ފުރުސަތު ތަކާއި އަދި ބާސެލޯނާ ސިޓީގައި ދިރި އުޅުމުގެ ފަސޭހަތައް އަހަރެން ކިޔައިދިނިން އަހަރެނެ އޭނާއަށް ލަފާ ދިނީ."

އަދި ނޭމާ ޕީއެސްޖީއަށް ގެނައުމުގައި އޭނާ އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ނޭމާއަށް ވުރެ ކުރިން ޕީއެސްޖީއަށް ދިޔައީ އޭނާ ކަމަށް އަލްވޭސް ބުންޏެވެ. އަލްވޭސް ބުނީ ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގް ހޯދުމަށް އޭނާ އާއީ ނޭމާވެސް އަޒުމު އޮތީ އެއްވަރަކަށް ކަމަށެވެ.