ހަބަރު

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހޭލުންތެރިކުރަން ކެމްޕޭނެއް ފަށައިފި

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުވުމުގެ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.

"ޖިނާއީ އިޖްރާއާތުގެ ގާނޫނު ދެނެގަތުން" ގެ ނަމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ފެށި ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ. މި ކެމްޕޭނަކީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ ކެމްޕެއިނެކެވެ.

ރަސްމިއްޔާތުގައި ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމަށް ބަދަލުގެނެސް ދުވަހުން ދުވަހަށް ކުރަމުންއައި ކަންކަމަށާއި އެކަންކަން ކުރަމުންއައި ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވި ގާނޫނެއް ކަމަށެވެ. އަދި ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެކަނި ތައްޔާރު ވުމަކުން އެ ގާނޫނަށް އަހުުލުވެރިވެ ފަރިތަވުމަކަށް ނުފުދޭ ކަމަށެވެ.

"އެރުން ވަށާޖެހޭ ފަދަ އަކުން މި ގާނޫނުގެ މަގްސަދުތައް ހާދިލްވެގެން ނުދާނެ، އޭރުން މި ގާނޫނުން ލިިބިދޭ ރައްކާތެރިކަމާއި އިންތިޒާމީ ގޮތެއްގައި ވަކި އުސޫލުތަކެއްގެ މައްޗަށް ތަރުތީބު ކުރެވިފައިވާ ވަކި އިޖުރާތު ތަކެއްގެ ފޮނި މީރުކަން އެންމެނަށް އިހުސާސެއް ނުކުރެވޭނެ،" ޕީޖީ ބިޝާމް ވިދާޅުވި އެވެ.

ޕީޖީ ބިޝާމް ވިދާޅުވީ، ބޭނުންވާ ކަންކަން ހާސިލްވާނީ މި ގާނޫނު ތަންފީޒުކުރަން ތިބި ފަރާތްތަކުން ގާނޫނަށް އަހުލުވެރިވުމާއެކު ގާނޫނު އެބައެއްގެ މައްޗަށް ހިންގޭ ފަރާތްތަކަށްވެސް އެގާނޫނުގައި އޮތް އެއްޗެއް އެނގި ދެނެގަނެވިގެން ކަމަށެވެ. އަދި މިއަދު ކުރެވިގެން މިދަނީ އެކަން ކަށަވަރު ކުރުމުގެ ޕްރޮގްރާމެއް ކަމަށް ޕީޖީ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ މައުލޫމާތު ހިމެނޭ މައުލޫމާތު ޕެކެއް ވަނީ ނެރުނެވެ. އެ މައުލޫމާތު ޕެކްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާބެހޭ ޕޯސްޓަރާއި އަތްމަތީ ފޮތަކާއި ގާނޫނާ ބެހޭ މައުލޫމާތު ދައްކުވައިދޭ ވީޑިއޯ ސްޕޮޓްތަކާއި ޓިއުޓޯރިއަލްތަ ވެސް ހިމެނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުލަވާލައި އެގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.