އެސްޓީއޯ

އެސްޓީއޯގެ ސާފު ފައިދާ ފަހު ކްއާޓަރުގައި އިތުރު

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސާފު ފައިދާ މިދިޔަ ކުއާޓާގައި އިތުރުވެ، 46 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކްއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 45 މިލިއަން ރުފޔާ އެވެ.

އެސްޓީއޯ އިން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ކްއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، ހަތަރު ވަނަ ކުއާޓަރުގައި ކުރި ވިޔަފާރި ވަނީ އިތުރުވެފަ އެވެ. އަދި މި ކުއާޓަރުގައި 1.7 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން، ދެ ބިލިއަން ރުފިޔާގެ އާމްދަނީގެ ގޮތުގައި ލިބުނެވެ.

ހިސާބުތައް ދައްކާ ގޮތުގައި ގްރޮސް ޕްރޮފިޓްގެ ގޮތުގައި މި ކުއާޓަރުގައި 238 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ތިންވަނަ ކުއާޓަރުގައި ލިބިފައިވަނީ 226 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯއަށް މި ކްއާޓަރުގައި ހިއްސާއަކަށް ޖެހުނީ 40.86ރ. އެވެ.