ހޮލީވުޑް

ބްލެކް ޕެންތާ ކްރިޓިކުން ބަލައިގެންފި

އެމެރިކާގެ ކަޅު ނަސްލުގެ މީހުން ހިމެނޭ ގޮތައް ފުރަތަމަ ފަހަރަށް މާވެލް އިން ގެނެސްދޭ ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" އަށް ކްރިޓިކުން ތައުރީފު ކުރަމުން އެބަދެ އެވެ.

މި ފިލްމު ލީޑުން ފެނިގެންދަނީ ޗެޑްވިކް ބޯސްމެން އާއި މައިކަލް ބީ ޖޯޑަން އާއި ލުޕިތާ ޔޯންގޯ އާއި މާޓިން ފްރީމެން އަދި ޑެނިއެލް ކަލުއްޔާ އެވެ. މި ފިލްމު އަދި އާންމުކޮށް ރިލީޒް ކޮށްފައެއް ނުވެ އެވެ. ނަމަވެސް ރިވިއު ކުރާ މީހުނަށް ހާއްސަކޮށްގެން ފިލްމު ވަނީ ދައްކާލާފަ އެވެ. މި ފިލްމު އާންމުކޮށް ރިލީޒްކުރާނީ ފެބްރުއަރީ 13 ގަ އެވެ.

އެލް އޭ ޓައިމްސްގެ ޖާނަލިސްޓް ޓްރެވެލް އެންޑަސަން ބުނީ މި ފިލްމަކީ "ލޯބީގެ ކަޅު ސިޓީ" އެއް ކަމަށެވެ.

ޕްރީލޭންސް ފިލްމު ރައިޓާ ރެބެކޭ ތިއޮޑޯވާކޮން ބުނީ މި ފިލްމަކީ އޭނާ ބަލަން ބޭނުންވި ކަހަލަ ފިލްމެއް ކަމަށެވެ. އަދި މި ކަހަލަ އިތުރު ފިލްމުތައް އޭނާ ބަލަން ބޭނުންވާ ކަމަށެވެ.

ބިޒްނަސް އިންސައިޑާގެ ރިޕޯޓާ ޖޭސަން ގްރޭސިއޯ ބުނީ މީ މިހާތަނަށް މާވެލް އިން ނެރޭ އެންމެ ފުރިހަމަ ފިލްމަށް މި ފިލްމު ވެގެންދާނެ ކަމަށެވެ.

މި ފިލްމުގެ ލީޑުން ފެނިގެންދާ ބްލެކް ޕެންތާގެ ކެރެކްޓާ ޓީ ޗާލާ، މާވެލްގެ ބެލުންތެރިންނަށް ފުރަތަމަ ތައާރަފްވީ "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" ފިލްމުންނެވެ.

ބްލެކް ޕެންތާ ފިލްމުގައި ޓީ ޗާލާ ފެނިގެންދާނީ އޭނާ މަރުވެފައިވާ ބައްޕަގެ ތަހުތު އެރުމަށް އޭނާ ވަކަންޑާ އަންނަ ތަނެވެ. އޭނާ އެ ތަހުތުއަށް އެރުމަށްޓަކައި ހަރުފަތްތަކެއް ގިރާކޮށް ދުޝަމަނުން ބަލިކުރާތަނެވެ.