ދިވެހި ސިނަމާ

"ވަކިން ލޯބިން" އެސްއެމްއެސް އިން ބުކްކުރެވޭނެ

ޑާކްރެއިން އެންޓަޓެއިންމަންޓުން މި އަހަރު ރިލީޒްކުރާ އެ ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމު "ވަކިން ލޯބިން" ޓިކެޓް އެސްއެމްއެސް އަދި ވައިބާ މެދުވެރިކޮށް ބުކް ކޮށްދޭން ފަަށައިފި އެވެ.

އަންނަ މާޗްމަހު ރިލީޒް ކުރާ މި ފިލްމުގެ ޓިކެޓް ބުކް ކުރުމަށް ޝޯގެ ތާރީހާއި ޓިކެޓް ބޭނުންވާ އަދަދު ޖެއްސުމަށްފަހު 9911229 އަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރުމުން ޓިކެޓް ބުކް ކުރެވޭނެ ކަމަށް އެ ފިލްމުގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ.

ފިލްމުގެ އޮފިޝަލް ޓްރެއިލާ ވަނީ މިދިޔަ ހަފްތާގައި އާންމުކޮށްފަ އެވެ. ފެމެލީ ޑްރާމާ މިި ފިލްމަކީ ޒުވާން ދެމަފިރިއެއްގެ ކައިވެނި ވަރި ފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގެ ލީޑުން ފެނިގެންދާނީ ދިވެހި ސިނާމާގެ އޮންސްރްކީން ފޭވަރިޓް ކަޕުލް، ޖުމައްޔިލް ނިމާލް(ޖުމަލް) އަދި މަރިޔަމް މަޖުދާ(މަޖޫ) އެވެ. މި ދެ ތަރިންނާއެކު ހާއްސަ ރޯލަކުން "މަލިކާ" އިން ތައާރަފުވި ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް މި ފިލްމުގައި ފެނިގެންދާނެ އެވެ.

"ވަކިން ލޯބިން" ޑައިރެކްޓުކުރީ ޑައިރެކްޓާ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ.