އިލެކްޝަންސް ކޮިޝަންގެ ރައީސް އަހުމަދު ސުލައިމާން ކޮމިޝަންގެ މެންބަރުކަމުން މިއަދު އިސްތިއުފާދެއްވައިފި އެވެ. އޭނާ ކުއްލި ގޮތަކަށް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ.
އެހެން ނަމަވެސް މިއަދުގެ ވަގުތެއްގައި އޭނާގެ އިސްތިއުފާގެ ސިޓީ ކޮމިޝަނަށް ހުށަހެޅުއްވިކަން ވަނީ ޔަގީންވެފަ އެވެ. އޭނާ ކޮމިޝަނުން އިސްތިއުފާ ދެއްވި އިރު، ސުޕްރީމް ކޯޓުން ނެރުނު ހުކުމެއްގެ ސަބަބުން ރައްޔިތުން މަޖިލީހިގެ މެންބަރުންތަކެއްގެ ގޮނޑިތަކެއް ހުސްވެ އިންތިހާބު ބާއްވަން ޖެހޭ ދުވަހަށް ނުބޭއްވި ކޮމިޝަނަށް ވަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން އެ މެންބަރުން ކޮންމެ ދުވަހަކުހެންމެ އިލެކްޝަންސްގެ މެންބަރުންނާ ބައްދަލު ކުރަން އެ ކޮމިޝަނަށް ވަޑައިގަންނަވަ އެވެ. ނަމަވެސް އެ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މިހާތަނަށް އެބޭފުޅުންނާ ބައްދަލު ކުރެއްވީ ކޮމިޝަންގެ މެންބަރު ހަބީބު އެކަންޏެވެ.