ފިނިޕޭޖް

ޕަރިނީތީ ޗޯޕްރާ ރާއްޖޭގައި

ބޮލީވުޑްގެ އަރަމުން އަންނަ ބަތަލާ ޕަރިނީތީ ޗޯޕްރާ ރާއްޖެ އަތުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕަރްނީތީ ރާއްޖެ އައިސްފައިވަނީ ޗުއްޓީ ހޭދަކުރުމަށެވެ. ޕަރިނީތީ ޗުއްޓީ ހޭދަކުރަމުންދަނީ ސަން އައިލެންޑް ރިޒޯޓުގަ އެވެ.

އޭނާ ދަނީ ރާއްޖޭގެ ރީތީ މަންޒަރުތައް އޭނާގެ އޮފިޝަލް އިންސްޓަގުރާމްގައި ފޭނުންނާއި ހިއްސާކުރަމުންނެވެ. އޭނާ ޝެއާކޮށްފައިވާ އިންސްޓަ ސްޓޯރީގައި ރިސޯޓުގައި އޭނާ ބައިސްކަލު ދުއްވާ ވީޑިއޯއެއް އާންމުކޮށްފައިވެ އެވެ.

ޕަރިނީތީ ރާއްޖެއައި ދުވަހެއް އަދި ޗުއްޓީ ނިންމާފައި އެބުރި ދާނެ ދުވަހެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

ޕަރިނީތީ އެންމެ ފުރަތަމަ ފެނިގެންދިޔައީ 2011 ވަނަ އަހަރު ނިކުތް ފިލްމު "ލޭޑީސް ވާސެސް ރިކީ ބާލް" އިންނެވެ. އެ ފިލްމުން އޭނާއަށް ފިލްމުފެއާގައި ބެސްޓް ފީމޭލް ޑެބިއުޓްގެ އެވޯޑު ލިބިފައިވެ އެވެ.

އެންމެފަހުން ޕަރިނީތީގެ ފިލްމަކުން ފެނިފައިވަނީ މިދިޔަ އަހަރު ނިކުތް "ގޯލްމާލް އެގެއިން" އިންނެވެ. އޭނާ މިހާރު ދަނީ އަންނަ މަހު 14 ގައި ޝޫޓްކުރަން ފަށާ "ނަމަސްތޭ ލަންޑަން" އަށް ތައްޔާރުވަމުންނެވެ.