ފިނިޕޭޖް

އަމީތާބުގެ ޓްވިޓާ ފޮލޯވަރުން މަދުވީ މިހެންވެތަ؟

ބޮލީވުޑްގެ "ބިގް ބީ" އަމީތާބް ބަޗަންގެ ޓްވިޓާގެ ފޮލޮވަރުން ކުއްލިއަކަށް މަދުވެއްޖެ އެވެ.

ފޮލޮަރުން މަދުވުމުން ނުރުހުން ފާޅުކުރުމުގެ ގޮތުން އަމީތާބް ވަނީ ޓްވީޓެއް ވެސް ކޮށްފަ އެވެ. އޭނާ ވަނީ އެޓްވީޓްގައި ޓްވިޓާއިން އޭނާގެ ފޮލޮވަރުން މަދުކޮށްލީ ކަމަށް ބުނެފަ އެވެ. އަދި ޓްވިޓާ ދޫކޮށްލާނެ ކަމަށް ވެސް އަމީތާބު ވަނީ ބުނެފަ އެވެ.

އަމީތާބުކޮށްފައިވާ ޓްވީޓް

މިކަމާ ގުޅިގެން އިންޑިޔާގެ އެކި ފަރާތްތަކުން ދަނީ އަމީތާބަށް ފާޑުކިޔަމުންވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި އަމީތާބުގެ ފޮލޯވަރުން ދަށްވާން ޖެހުނީ އޭނާއަށް މިހާރު ތުހުމަތު ކުރެވޭ ޕެނަމާ އެންޑް ޕެރެޑައިޒްގެ ޓެކްސްގެ މައްސަލާގައި ކަމަށެވެ.

އަނެއްބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާގެ ފޮލޯވަރުން މަދުވީ އޭނާ އާއި އިތުރު ބޮލީވުޑް ތަރިންތަކެއް އިސްރާއީލުގެ ރައީސްއާއެކު ނެގި ސެލްފިއާއި ގުޅިގެން ކަމަށެވެ.

އަމީތާބުގެ ޓްވީޓަށް ކޮށްފައި އިން ރިޕްލައި އެއް

އަމީތާބަކީ މީގެ އެއް ދުވަސް ކުރިން އިންޑިޔާގައި އެންމެ ގިނަ ބަޔަކު ފޮލޯކުރާ ތަރި އެވެ. އެހެންނަމަވެސް މިހާރު މި މަގާމު އޭނާ އަތުން ކަޓާއިފި އެވެ. މިހާރު އެ މަގާމުގައި އުޅެނީ ޝާރުކް ޚާން އެވެ. އަމީތާބުގެ 33މިލިއަން ފޮލޮވަރުން ކުރީގައި ޓްވިޓާގައި ތިބިކަމުގައި ވިޔަސް މިހާރު މި އަދަދު ވަނީ 32.9 މިލައނަަށް ވެއްޓިފަ އެވެ.