ވިޔަފާރި

އުރީދޫ ސުޕަނެޓް އަލަށް ނެގުމުން މަހުފީ ބޮޑުތަނުން ހެޔޮވާނެ

Feb 1, 2018
3
  • މަހުފީ އެއް އަހަރު 30 ޕަސެންޓް ހެޔޮ
  • ސުޕަނެޓް ގުޅައި ދިނުމަށް އަގެއް ނުނަގާ
  • ގިނަ ބަޔަކު ބޭނުންކުރާ ހިދުމަތެއް

އުރީދޫގެ ސުޕަނެޓް އަލަށް ނަގާ ކަސްޓަމަރުންނަށް، އެއް އަހަރުގެ މުއްދަތަށް މަހުފީ އިން 30 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

އުރީދޫގެ މި ޕްރޮމޯޝަނާ ބެހޭ ގޮތުން އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ މިއަދުގެ ދުނިޔޭގައި، ކާމިޔާބީ އާއި ހަމައަށް ވާސިލްވުމަށް އިންޓަނެޓްގެ ދައުރު ވަނީ ވަރަށް މުހިންމުވެފައި، އަދި މި ފުރުސަތުގެ ބޭނުން ހިފުން ކޮންމެ ބޭފުޅަކަށް ވެސް ހައްގު ވެގެންވާ ކަމަށެވެ.

"އުރީދޫގެ އަމާޒަކީ އެއްދުވަހުން އަނެއް ދުވަހަށް ނެޓްވޯކް ވަރުގަދަކޮށް، ވީހާވެސް ގިނަ މީހުންނަށާއި، ގެތަކަށާއި، ވިޔަފާރިތަކާއި ހަމައަށް ވާސިލުވުން. މިގޮތުން، އަޅުގަނޑުމެންގެ ސުޕަނެޓްގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށް ދިނުމަކީ އަޅުގަނޑުމެން ނުހަނު އަހަންމިއްޔަތުކަން ދޭކަމެއްކަމުން، އަޅުގަނޑުމެންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ތަޢާރަފްކުރެވިގެންދަނީ ވަރަށް ހިތްގައިމު ޕްރޮމޯޝަނެއް،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫން ބުނީ މި ޕްރޮމޯޝަންގައި ކޮންމެ ބޭފުޅަކަށްވެސް، ހެޔޮއަގުގައި ހަލުވި ސްޕީޑްގެ ބްރޯޑްބޭންޑު ބޭނުން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އެ ކުންފުނިން ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދެނީ އެކްޓިވޭޝަން ފީއަކާއި ނުލައި ކަމަށެވެ.