1 ފެބުރުއަރީގެ އަމުރު

ފުލުހުންގެ އެހީއާއެކު ޕީޕީއެމް އެއްވުން ބާއްވައިފި

ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާތީ، ޕީޕީއެމްއިން އެއްވުމެއް މާލޭގައި މިއަދު ބާއްވައިފި އެވެ.

އެއްވުން ކުރިއަށް ގެންގޮސްފައިވަނީ ވެސްޓްޕާކް ސަރަހައްދުގައި ހުންނަ ޕީޕީއެމްގެ ޖަގަހަ ކުރިމަތީގަ އެވެ. އެ އެއްވުމަށް ފުލުހުން ދިޔައީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެއްވުމަށް އެއްވެސް ހުރަހެއް އަޅާފައެއް ނުވެ އެވެ.

އެއްވުމުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނާއި ޕީޕީއެމްގެ އިސްވެރިން އަދި މިނިސްޓަރުން ބައިވެރިވަޑައިގަތެވެ. އެ ނޫން އެހެން ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ކޯޑިނޭޓަރުން ވެސް ބައިވެރިވި އެވެ.