ޓްރިޕް އެޑްވައިޒާއިން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ޓްރެވަލާސް ޗޮއިސް އެވޯޑު ސެންޓާރާ ގްރޭންޑް ރިސޯޓް އެންޑް ސްޕާއަށް ލިބިއްޖެ އެވެ.
ހދ. މައްޗަފުށީގައި ހިންގަމުން ގެންދާ ސެންޓާރާ ރިސޯޓުން ބުނި ގޮތުގައި ޓޫރިސްޓުންގެ ހިޔާލު މައްޗަށް ބަލައިގެން ދޭ މި ޝަރަފުވެރި މި އެވޯޑު ލިބުމަކީ އެ ރިސޯޓަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.
ސެންޓާރާ ގްރޭޑް ރިސޯޓުގެ އޭރިއާ މެނޭޖަރު ވޮޔޮޓެކް ކްލެސްކީ ވިދާޅުވި ގޮތުގައި ޓޫރިސްޓުންގެ ހިޔާލު ހޯދައިގެން ނެގި މިފަދަ އެވޯޑެއް އެ ރިސޯޓަށް ލިބުމަކީ ޝަރަފެއް ކަމަށެވެ.
މި ރިސޯޓުގެ ފަހުން އެ ކުންފުނިން ވަނީ މާލެ އަތޮޅު މައްޗަފުށީގައި ވެސް ރިސޯޓެއް ހުޅުވާފަ އެވެ. ޓްރިޕް އެޑްވައިޒާގެ މި އެވޯޑު ލިބުމު މައްޗަފުށި ރިސޯޓުގައި 112 ވިލާ ހުރެ އެވެ. މި ރިސޯޓަކީ ހަނީމޫނަށް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ރިސޯޓެކެވެ.
މައްޗަފުށި ހިންގާ ތައިލެންޑުގެ ކުންފުންޏަކީ ހޮޓާ އަދި ރިސޯޓްތައް އޮޕަރޭޓް ކުރާ ތައިލެންޑުގެ އެންމެ މަޝްހޫރު އެއް ކުންފުންޏެވެ. މި ކުންފުނިން ތައިލެންޑާއި ސްރީލަންކާ، އިންޑިއާ އާއި ވިއެޓްނާމް އަދި އިންޑޮނޭޝިއާގެ ބާލީ ފަދަ ގައުމުތަކުގައި ވެސް ރިސޯޓް ހިންގަ އެވެ.