ހަބަރު

ގުރޫޕަކުން މައުމޫންއަށް ބިރުދެއްކި މައްސަލަ ބަލަން ގޮވާލައިފި

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު، މ. އެންދެރިމާގޭ ކައިރިއަށްގޮސް ގުރޫޕަކުން ބިރުދެއްކުމަށް މަސައްކަތް ކުރި ކަމަށްބުނެ، އެމައްސަލަ ބަލައި ދިނުމަށް އެދި ސަލާމަތީ ބާރުތަކަށް މައުމޫން ގޮވާލައިފި އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭ ދަންވަރު ތޫނު ހަތިޔާރާއެކު ގުރޫޕަކުން އެންދެރިމާގޭ ކައިރިއަށް ވަރަށް ގިނައިން ގޮސް ހަޑިހުތުރު ބަސް ބޭނުންކޮށްގެން އަޑުގަދަކޮށްފައިވާ ކަމަށެވެ. އެމައްސަލަ ވީހާވެސް އަވަހަށް ބަލައި ދިނުމަށް އެދި އެމްއެންޑީއެފް އަދި ފުލުހުނަށް ރައީސް މައުމޫން ވަނީ ގޮވާލާފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށްފަހު މާލެތެރެ ވަނީ ވަރަށް ހަލަބޮލިވެފަ އެވެ. ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރަށްފަހު ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ސުޕްރީމްކޯޓް ސަރަހައްދުގައި މުޒާހަރާ ކޮށްފަ އެވެ. ފުލުހުން ވަނީ އެސަރައްދުން ބައިވެރިން ދުރަށް ޖައްސައި އެއްވުން ރޫޅާލާފަ އެވެ.