1 ފެބުރުއަރީގެ އަމުރު

ފާރިސް "ރަހީނު" ކުރި މައްސަލަ ހުށަހަޅައިފި!

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ރަހީނުކޮށްފައިވާ ކަމަށް ބުނެ އޭނާގެ ވަކީލުން މައްސަލަ ހުށަހަޅައިފި އެވެ.

ފާރިސްގެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ފާރިސް ރަހީނުކޮށްގެން އުޅޭ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެކަމުގައި ޝާމިލްވާ މީހުންގެ ތެރޭގައި ޝާމިލްވާ މީހުންގެ ތަފްސީލްތައް ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

"މި ބާވަތުގެ އެހެން މައްސަލައެއް ވަނީ ކުރިން ހިނގާފައި، އެއީ ރަައީސް ޔާމީން އާރަށުގައި ބަންދު ކުރި މައްސަލާގައި ބައެއްގެ މައްޗައް ޓެރަރިޒަމްގެ ދައުވާ ކުރެވޭ މިހާރުވެސް އެބަ ކުރިޔަށް ދޭ، އެހެންވެ މިހާރު ގާނޫނުން ބަރު ނުލިބި ކޯޓުން އަމުރެއް ނެތި ފާރިސް ބަންދުކޮށްގެން އުޅޭ މައްސަލާގައި އެކަމުގައި ޝާމިލްވާ ހުރިހާ މީހުންގެ މައްޗައް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ސުޕްރީމް ކޯޓުގެ ހުކުމައިވާ ގޮތަށް ފާރިސް ވަގުތުން ދޫކޮށްލުމަށް ހުރަސް އަޅާ ހުރިހާ އެންމެންގެ މައްސަލަ ބަލާ ދައުވާ ކުރުމަށް އެދޭ ކަމަށް ބުނެ ޕީޖީއަށް ސިޓީ ހުށަހަޅާފަ އެވެ.

"އަޅުގަނޑުމެން ޕީޖީއަށް އެދިފައިވަނީ ފާރިސް ވަގުތުން ދޫކޮށްލަން އަމުރާ އެއްގޮތަށް އިންތިޒާމްކޮށްދެއްވަން، ދެވަނަ ކަމަކަށް އެދުނީ ފާރިސް ބަންދުގައި ހުރުމާއި ދޫކޮށްނުލާ ލަސްވާ ކޮންމެ ވަގުތަކު އެކަމުގައި ޝަމިލުވަ ހުރިހާ އެންމެގެ މައްސަލަ ތަހުގީގުކޮށް އެމީހުންނަށް ދައުވާކޮށްދެއްވުމަށް،" ޝަމީމް ވިދާޅުވި އެވެ.