1 ފެބުރުއަރީގެ އަމުރު

އުއްތަމަ ފަނޑިޔާރާއި ފާރިސްގެ ބަންދު ޖެހުން ވެސް މިއަދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު --
0%
0%
0%

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދު ޖެހުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، މިއަދު ހަވީރު 5:00 ގައި އުއްތަމަ ފަނޑިޔާރުގެ ބަންދު މަޖިލިސް އޮންނާނެކަން އަންގާފައިވާ ކަމަށެވެ. ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ފާރިސްގެ ބަންދު މަޖިލިސް 5:30 އަށް ތާވަލުކޮށްފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރާއި ފާރިސް ވެސް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އަންނަ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނެ އެވެ. އޭގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ބަންދު ދަނީ އިތުކުރަމުންނެވެ.

އެގޮތުން މަޖިލިސް މެންބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި އަހުމަދު މަހުލޫފާއި އަލީ އާޒިމާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ބަންދު ވަނީ އިތުރުކޮށްފަ އެވެ. މިއަދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބަންދު މަޖިލިސް އޮންނާނެކަން ވެސް ވަނީ އަންގާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޤައިދީން ޖަލުންގެންނައިރު

ޤައިދީން ޖަލުންގެންނައިރު ތިބެނީ ޓައި އަޅާފަ ސޫއިޓް ލައްވާފަތަ؟

ކާދަރޭ

އެދެން މާކުރިންވެސް އެނގޭ ވާނެ ގޮތްވެސް... ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކުރާނީ....

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345