1 ފެބުރުއަރީގެ އަމުރު

ފާރިސް މައުމޫން ދޫކޮށްލައިފި

Feb 6, 2018
6

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ދޫކޮށްލައިފި އެވެ. އެކަން ކަށަވަރުކޮށް ދެއްވީ އޭނާގެ ވަކީލް ހުސައިން ޝަމީމެވެ.

ފާރިސް ހައްޔަރުކޮށްފައި ވަނީ ރިޝްވަތުގެ ތުހުމަތުގަ އެވެ. އޭނާ މިއަދު ދޫކޮށްލާއިރު އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. ފާރިސްގެ ވަކީލް ވިދާޅުވީ ދޫކޮށްލި ނަމަވެސް އަދިވެސް އޭނާ ހައްޔަރު ނުކުރާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ.

ފާރިސް މައުމޫން ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދިނެވެ.

ރޭ ފާރިސްގެ ބައްޕާފުޅު، ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ ގެކޮޅަށް އެސްއޯ ފުލުހުން ގޮސް ކޯޓު އަމުރަކާ ނުލަ އެވެ.

މައުމޫން ހައްޔަރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބަހައިގެން ގާނޫނީ ވެރިކަން މަސައްކަތްކުރުމުގެ ތުހުމަތަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.